India ge Faadhiree Akah Noosverieh Maraali kamuge Thuhumathu
image
ގުރުމީތު ރާމް ސިންގު މިހާރުވެސް ދަނީ ދެ އަހަންނަކު ރޭޕްކޮށްގެން 20 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން....
ޝާދިން މުހައްމަދު
0 ކޮމެންޓް
 

އިންޑިއާގެ ފާދިރީ އަކަށް ނޫސްވެރިއެށް މަރާލި ކަމުގެ ތުހުމަތު

އިންޑިޔާގެ ދެރާ ސަޗާ ސައުދާގެ ފާދިރީއެއް ކަމަށްވާ ގުރުމީތު ރާމް ރަހީމް ސިންގުގެ މައްޗަށް 2002 ވަނަ އަހަރު ނޫސް ވެރިއެއް މަރާލި ކަމުގެ ތުހުމަތުކޮށްފިއެވެ.
ދެހާސް ސަތާރަ ވަނަ އަހަރު ފައްޅިއަށް ވަން ދެ އަންހެނުން ރޭޕު ކުރި މައްސަލާގައި މިހާރުވެސް ޖަލުގައި އިން ރާމް ރަހީމް ގެ މައްޗަށް މީގެ ކުރިން ވަނީ 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައެވެ.

ނޫސްވެރިއެއްކަމަށްވާ ރާމް ޗަންދްރަ ޗަތުރަޕަތީ މަރާލައިފައިވަނީ އޭނާ ގަޔަށް ބަޑި ޖަހައިގެންނެވެ. އަދި އެ ނޫސްވެރިޔާ މަރާލައިފަ ވަނީ 2002 ވަނަ އަަހަރު އޭނާ ރާމް ރަހީމް ހިންގަމުންދާ ވިޔާނުދާ ވާހަކަ ތައް ނޫހެއްގައި ޕަބްލިޝް ކުރުމުންނެވެ. މި މައްސަލާގައި ރަހީމް ސިންގުގެ އިތުރުން ތިން މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.

ނޫސްވެރިޔާގެ މަރުގެ މައްސަލާގައި ރާމް ރަހީމްގެ މައްޗަށް މި މަހު 17 ވަނަ ދުވަހު ހުކުމް ކުރުމަށް ވަނީ ތާވަލްކޮށްފައެވެ.

"ސެކްޝުއަލް އެސޯލްޓު" އަދި މަރުގެ މައްސަލާގައި ރާމް ރަހީމްގެ މައްޗަށް އުފުލާފައިވާ މައްސަލަތަކުގެ ކޯޓުގެ އަޑުއެހުން ނިމުނު ތަނާ ހެން އިތުރު 50 އަންހެނުން ވަނީ އޭނާ ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށް ބުނެ މައްސަލަ ހުށައަޅާފައެވެ.
އިންޑިއާ ރޭޕު
ހިޔާލު