Konme Honihiru Dhuvahaku Pallete Naganee, Miadhu 600 Pallete
image
ޝާދިން މުހައްމަދު
1 ކޮމެންޓް
 

ކޮންމެ ހޮނިހިރު ދުވަހަކު ޕެލެޓް ނަގަނީ، މިއަދު 600 ޕެލެޓް

ކޮންމެ ހޮނިހިރު ދުވަހަހަކު މާލެގެ މަގުތަކުން ޕެލެޓު ނަގާނެ ކަމަށާއި، މިއަދު ނެގުނީ 600 ޕެލެޓު ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލެ ސިޓީ ކައުންސިލަރު ހުސެން ޝަރީފް ވިދާޅުވީ ކޮންމެ ހޮނިހިރު ދުވަހު ހެނދުނު 8 އިން 12 އަށް ހަލާކުވެފައި އަދި ގަވާއިދާ ހިލާފަށް ބަހައްޓަފައި ހުރި ޕެލެޓުތައް ނެގުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެން މިއަދު ކުރި މަސައްކަތުން 40 ލޮރީގެ ޕެލެޓް މި ވަނީ ތައިސޭ ކޮށްޓަށް ޖަމާކުރެވިފައި. ކޮންމެ ހޮނިހިރު ދުވަހަކުވެސް މި މަސައްކަތް ކުރާނެ" ޝަރީފް ވިދާޅުވިއެވެ.

ސިޓީ ކައުންސިލުން ބުނީ އެއްވެސް ފަރާތަކަށް މަގުމަތީގައި ޕެލެޓް ބެހެއްޓުމަށް ހުއްދަދީފައި ނުވާނެ ކަމަށެވެ. އެހެން ނަމަވެސް ބައެއް ކްލިނިކް ފަދަ ތަންތަނުން މިއަދު އެދުމުން އެފަރާތްތަކުން ބަހައްޓާފައި ހުރި ޕެލެޓްތައް ނުނަގާ ހުންނާނެ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެއެވެ.

މި މަސައްކަތުގައި މާލޭގެ މަގުތަކުގައި ހަލާކުވެފައި ހުރި ބައެއް ޕެލެޓޫ ތަކާއި މީހުނަށް އުނދަގޫ ވާނޭހެން ބަހައްޓާފައިވާ ޕެލެޓުތަށް ނެގުނުމުގެ މަސއްކަތް މިއަދު ކޮށްފައިވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި މޯލްޑިވްސް ޕޮލިސް ސާވިސްގެ ބޮޑު އެއްބާރުލުމެއް ލިބިފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"މި މަސައްކަތް މިކުރަނީ ވަކި އުސޫލަކުން މިކަމަށް ހުއްދަ ދެވި، އާއްމުންނަށްވެސް އަދި ވިޔަފާރިތަކަށްވެސް ދަތި ނުވާނެހެން މިކަން ކުރުމަށް." ޝަރީފް ވިދާޅުވިއެވެ.

މިއަދު ޕެލެޓްތައް ނަގާފައިވާ ބައެއް ތަންތަނުގައި ޕާކް ކުރުން މަނާ ސަރަހައްދެއް ގާއިމްކޮށް ކުރަހައިދޭނެ ކަމަށް ފުލުހުން ވަނީ ބައެއް ފަރާތްތަކުގައި ބުނެފައެވެ.
ސިޓީ ކައުންސިލް
ހިޔާލު

ވިސްނާ

މިގޭ ދޮރޔމަތީގަ ޕުލެޓު ބައިނަދާފަ އިންނައިރުވެސް މީހުން ސައިކަލު ޕާކުކުރޭ އެޕެލެޓު ކުރިމަތީ. އަދި ކޮބާ ސަލާމަތް ޕެލެޓު ނަގައިފިއްޔާ.