40 haas vazeefaa ufahdhan masahkai kuranee
image
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާލް.-- ފޮޓޯ: މިހާރު
0 ކޮމެންޓް
 

40 ހާސް ވަޒީފާ އުފައްދަން މަސައްކަތް ކުރަނީ

ކުރިއަށް އޮތް ފަސް އަހަރުގެ ތެރޭގައި 30-40 ހާހާ ދެމެދުގެ ވަޒީފާ އުފެއްދޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.
މަންދު ކޮލެޖުގެ ކެރިއާ ގައިޑެންސް ޕްރޮގްރާމް ފެށުމަށް ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒް ވިދާޅުވީ، ރާއްޖޭގައި ވަޒީފާ އުފައްދަން ބޭނުންވާ ދާއިރާތައް ބެލުމުގެ މަސައްކަތް އިކޮނޮމިކް މިނިސްޓްރީން މިހާރު ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ވަޒީފާ އުފެދި، ރައްޔިތުންނަށް އެކަމުގެ މަންފާ ކުރާނީ އިގްތިސާދު ފުޅާވެގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި މަތީ ތައުލީމާއި، ޓެކްނިކަލް ތަމްރީނުތައް ދީގެން ވަޒީފާ އުފައްދަން ބޭނުންވާ ކަމަށާއި، އެކަމަށް ޕްރައިވެޓް ކޮލެޖު ތަކުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން 90 ހާހަށް ވުރެ ގިނަ ވަޒީފާ އުފެއްދި ކަމަށް ބުންޏެވެ. ނަމަވެސް ފައްޔާޒް މިއަދު ވިދާޅުވީ އެހާ ގިނަ ވަޒީފާ އުފެއްދޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.
ހިޔާލު