Leenaa anna april 20 ah!
image
"ލީނާ"ގެ ލީޑު ރޯލުން ފެންނާނެ އައްޒަ އާއި މުއާ....
0 ކޮމެންޓް
 

"ލީނާ" އަންނަ އެޕްރީލް 20 އަށް!

މީގެ އަހަރުތަކެއް ކުރިން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހަނައެއްގެ ތެރޭގައި ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ އަޒްލީނާ ނަފީސްގެ މަރުގެ ހާދިސާ އަސްލަކަށް ބަލައިގެން މަޝްހޫރު ފިލްމީ ތަރި އަބްދުﷲ މުއާޒު (މުއާ) ޑައިރެކްޓްކޮށްފައިވާ "ލީނާ" އަންނަ އެޕްރީލް މަހުގެ 20 ވަނަ ދުވަހު އަޅުވަން ނިންމައިފިއެވެ.
އެ ފިލްމަކީ ކުރިން ނިމިގެންދިޔަ އަހަރުގެ އެޕްރީލް ނުވަތަ މެއި މަހުގެ ތެރޭގައި ސިނަމާތަކަށް ގެންނަން ނިންމި ފިލްމެކެވެ. ނަމަވެސް އަހަރު ނިމިގެން ދިޔަ އިރު "ލީނާ"ގެ އަޑު އޮތީ އެއްކޮށް މަޑުވެފައެވެ.

"ލީނާ" ގެ އޮފިޝަލް ޕޯސްޓަރާއި ޓްރެއިލާ ބެލުންތެރިންނަށް ދައްކާލަން އަންނަނީ ތައްޔާރުވަމުންނެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގެ އެންމެ އުހުގައި މިހާރު ފިޔަ ޖަހަމުން އަންނަ މަރިޔަމް އައްޒަ ލީޑު ރޯލުން ފެނިގެންދާ "ލީނާ" ގެ މަންޒަރުތައް މިދިޔަ އަހަރުގެ ކުރީ ކޮޅު ވަނީ ނަގާ ނިންމާފައެވެ. އެ ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ އއ. އުކުޅަހުގައެވެ.

އައްޒަ އާއެކު އެ ފިލްމު ވިލަން(ގާތިލް)ގެ ރޯލުން ފެންނާނީ މުއާ އެވެ. އޭގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) އާއި ނުޒުހަތު ޝުއައިބް، މަރިޔަމް ހަލީމް، އަހުމަދު ސައީދު، ޒީނަތު އަދި އަހުމަދު ނިމާލު ފަދަ ތަރިން ފެންނާނެއެވެ.
ހިޔާލު