Vaadhaveri 2 Candidatun Kurimathilaanama Adhaalathunves Primary akah
image
އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބައްދަލުވުމެއް ކުރިއަށް ދަނީ...
1 ކޮމެންޓް
 

ވާދަވެރި ދެ ކެންޑިޑޭޓަކު ކުރިމަތިލާނަމަ އަދާލަތުންވެސް ޕްރައިމަރީއަކަށް

އަދާލަތު ޕާޓީން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރާ 13 ދާއިރާގެ ތެރެއިން ވާދަވެރި ދެ ކެންޑިޑޭތަކު އެއް ދާއިރާއަކަށް ކުރިމަތިލާނަމަ، އެދާއިރާއެއްގައި ޕްރައިމަރީ ބާއްވަން ނިންމައި އުސޫލުތަކެއް އިއުލާންކޮށްފިއެވެ. dhi2
އަދާލަތު ޕާޓީގެ އޮފިޝަލަކު ވިދާޅުވީ ޕްރައިމަރީ ބާއްވާ ދާއިރާތައް ކަނޑައަޅާނީ އެދާއިރާއެއްގެ ވާދަވެރި ދެ ކެނޑިޑޭޓަކު ހުރެއްޖެ ނަމަ ކަމަށެވެ.

"އެދާއިރާއެއްގައި ރަނގަޅު ދެ ކެނޑިޑޭޓަކު ހުރެފައި، އެމީހުންގެ ވާދަވެރިކަން އޮވެއްޖެއްޔާ ޕްރައިމަރީ ބާއްވާނީ. އެހެން ނޫންނަމަ މަޝްވަރާ މަޖިލީހުން ނިންމާނީ ކާކަށްތޯ ޓިކެޓް ދޭނީ" އޮފިޝަލް ވިދާޅުވިއެވެ.

އަދާލަތު ޕާޓީން ޓިކެޓް ދިނުމަށް އެކުލަވާލި ގަވާއިދުގައިވާ ގޮތުން ޕްރައިމަރީއެއް ބާއްވާނީ ޕްރައިމަރީއެއް ނުބާއްވައިފިނަމަ ޕާޓީގެ އެންމެ މަތީ މަސްލަހަތު ގެއްލިދާނެ ކަމަށް މަޝްވަރާ މަޖިލީހަށް ފެންނަ ދާއިރާތަކުގައި އެކަނި ކަމަށެވެ.

އަދާލަތު ޕާޓީން ވާދަކުރާ 13 ދާއިރާއަށް ކުރިމަތިލާން ހުޅުވާލާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހުއެވެ. އެދާއިރާތަކަކީ:
1. ކެލާ ދާއިރާ
2. ވައިކަރަދޫ ދާއިރާ
3. ކުޅުދުއްފުށީ އުތުރު ދާއިރާ
4. މަކުނުދޫ ދާއިރާ
5. އިނގުރައިދޫ ދާއިރާ
6. ކާށިދޫ ދާއިރާ
7. މަހިބަދޫ ދާއިރާ
8. މުލަކު ދާއިރާ
9. ނިލަންދޫ ދާއިރާ
10. ގަމު ދާއިރާ
11. ފުވައްމުލަކު ދެކުނު ދާއިރާ
12. ފޭދޫ ދާއިރާ
13. މާފަންނު ދެކުނު ދާއިރާ އެވެ.

އަދާލަތު ޕާޓީން 13 ދާއިރާއަކަށް ކުރިމަތިލާން ނިންމާފައިވާއިރު، ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީން 86 ދާއިރާއަކަށް ކުރިމަތިލައެވެ. ޖުމްހޫރީ ޕާޓީން 87 ދާއިރާއަށް ކުރިމަތިލާން ވަނީ ނިންމާފައެވެ.
އަދާލަތު
ހިޔާލު

ޭްއައިޝާ

ކާކުހޭ ކަލޭމެނަށް ވޯޓްދޭނީ އެއީ ފުރަތަމަ ބަލަން ބޭނުން ކަންތައް