Vissaarayaeku Lebanon ge Refugee Campthah Kaadah Jehidhaanekamuge Birugai
image
ލެބަނަން.-- ފޮޓޯ: ދަ ވެދާ ޗެނަލް
ޝާދިން މުހައްމަދު
0 ކޮމެންޓް
 

ވިއްސާރައާއެކު ލުބުނާނުގެ ރެފިއުޖީ ކޭމްޕްތައް ކާޑަށް ޖެހިދާނެކަމުގެ ބިރުގައި

މިއަހަރު ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ލުބުނާނަށް އެރި ތޫފާން "ސްޓޯމް ނޯމާ" ގައި ފެންބޮޑުވެ ލުބުނާންގައި ހުންނަ ސީރިޔާ ރެފިޔުޖީ ކޭމްޕުތަކަށް ވަނީ ބޮޑެތި ގެއްލުންތަކެށް ވެފައެވެ.
ލުބުނާންގެ ބެކާ ވެލީގައި ސީރިޔާގެ އެށް މިލިޔަނަށްވުރެގިނަ ރެފިޔުޖީއިން ދިރިއުޅެއެވެ. މީގެ ތެރެއިން ގިނަ މީހުން ދިރިއުޅެމުން ދަނީ ދަށްފެންވަރުގައި ލަކުޑިއާއި ފޮތި ފަދަ ތަކެތި ބޭނުންކޮށްގެން ހަދާފައި ހުންނަ ޓެންޓު ތަކުގައެވެ.

"އެ ޓެންޓަކީ އަހަރެމެންނަށް ގަނޑުވަރެއް ފަދަ ތަނެކެވެ" ރެފިއުޖީއަކު ބުންޔެވެ.

ނޯމާ ތުފާނުގައި ސީރިޔާގެ 11،000 އަށް ވުރެ ގިނަ ރެފިއުޖީންނަށް ވަނީ އަސަރު ކޮށްފައެވެ. ގިނަ ބައެއް ދިރިއުޅެމުން ދިޔަ ޓެންޓުތަށް ހަލާކުވެ އެމީހުން ވަނީ އެހިސާބުން ހިޖުރަކުރަން ޖެހިފައެވެ. މިގޮތަށް ހިޖުރަ ކުރި މީހުން މިހާރު އުޅެމުން ދަނީ ގަރާޖުތަކާއި، އިމާރާތްކޮށް ނުނިމި ހުރި ގޭގޭގައެވެ.

މީގެ އިތުރުން ގިނަ ބައައެއްގެ އަންނައުނާއި މުދާ އަދި ކާބޯތަކެތި ވަނީ ފެންބޮޑުވެ ޓެންޓުތަށް ހަލާކުވި އިރު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެ އަދި ގެއްލިފައެވެ.

މި ހާދިސާގައި ހާލުގައި ޖެހިފައިވާ އެތަށް ބަޔަކަށް އަންނަނީ ލުބްނާނުގެ ޖަމިއްޔާތަކުން އެހީތެރިކަން ފޯރުކޮށްދެމުންނެވެ. މިގޮތުން ޖަމާއަތްތަކުން ބުނީ އެމީހުން އެންމެ އިސްކަން ދެނީ ރެފިއުޖީ އާއިލާތައް ސާފުތާހިރުކޮށް ބެލެހެއްޓުމަށާއި ބަލިތަކުން ރައްކާތެރިކުރުން ކަމަށެވެ.

މީގެ އިތުރުން ގިނަ އެންޖީއޯތަކުން ދަނީ ރެފިއުޖީ އާއިލާތަށް އެހެން ސަރަހައްދުތަކަށް ބަދަލު ކުރަމުންނެވެ. ނަމަވެސް ގަޒޭ ނަމަކަށް ކިޔާ ސަރަހައްދެއްގެ ބައެއް ރެފިއުޖީިނަށް ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެވޭވަރަށް ފައިސާނެތް ކަމަށް ޖަމާއަތްތަކުން ބުނެއެވެ.

ލުބްނާންގެ ބައެއް އިސްވެރިން ދަނީ މިކަމާ ގުޅިގެން ނުރުހުން ފާޅު ކުރަމުންނެވެ. އަދި ރެފިއުޖީން އަނބުރާ އެމީހުންގެ ގައުމަށް ދާން ވެއްޖެ ކަމަށް ބުނަމުންދެއެވެ. ނަމަވެސް މިކަމުގެ ޖަވާބުގައި ގިނަ ރެފިއުޖީން ބުނަމުން ދަނި މިއީ އެމީހުންގެ މަޖުބޯރީ އެއް ކަމާއި، އަނބުރާ ގައުމަށް ދިޔުމުން އެމީހުން މަރާލާފާނެ ކަމުގެ ބިރު އޮތް ކަމަށެވެ.
ހިޔާލު