Ishqbaaz gai Lead Bathala ge Role in dhen Fenigendhaanee Niti
image
ނީތި ޓޭލާ---
0 ކޮމެންޓް
 

އިޝްގްބާޒްގައި ލީޑު ބަތަލާގެ ރޯލުން ދެން ފެނިގެންދާނީ ނީތި

ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޝޯ އިޝްގްބާޒްގެ ލީޑު ބަތަލާގެ ދެން ފެނިގެންދާނީ ފެނިގެންދާނީ ނީތި ޓޭލާ ކަމަށް އޭނާ ކަށަވަރުކޮށްދީފިއެވެ.
އިޝްގްބާޒް ގައި އާ ޖެނަރޭޝަނެއް މިހާރު ފަށާފައިވާއިރު އެ ޝޯގައި މީގެ ކުރިން މަސައްކަތް ކުރި ގިނަ ފަންނާނުން ވަނީ އެޝޯ ދޫކޮށްލާފަ އެވެ. އާ ޖެނެރޭޝަނާއެކު އެސީރީޒްގައި ފެނިގެން ގޮސްފައިވަނީ ކުރިން ފެންނަ ތަރިންގެ ތެރެއިން ހަމައެކަނި ނަކުލް މެހެތާ (ޝިވާއީ) އެކަންޏެވެ.

ޝިވާއީ އާއި އަނިކާގެ ދަރި، ޝިވާންޝް ސިންގް އޮބްރޯއީގެ ރޯލުން ނަކުލް މިހާރު ފެނިގެންދާއިރު ލީޑު ބަތަލާއެއްގެ ގޮތުގައި ފެނިގެންދަނީ ޓީވީއަށް އާފަންނާނެއްކަމަށްވާ މަންޖިރީ ޕުޕަލާއެވެ. އޭސީޕީ އަދިއްތީ ދޭޝްމުކްގެ ރޯލުން މަންޖިރީ ފެނިގެންދިޔައިރު އޭނާ ދެން ފެނިގެންދާނީ ނެގަޓިވް ރޯލަކުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އޭނާގެ ބަދަލުގައި ލީޑު ރޯލުން ފެނިގެންދާނީ ނީތި ކަމަށް ރިޕޯޓުތައް ބުނެއެވެ.

އިންސްޓަގުރާމު މެދުވެރިކޮށް ނީތި އެޝޯއަށް އައިސްފައިވާ ކަން ހާމަކޮށްފައިވާއިރު އޭނާ ފެނިގެންދާނީ މަންނަތު ކައުރް ކުރާނާގެ ރޯލުން ކަމަށް ވަނީ ބުނެފައެވެ. ލީޑު ބަތަލާގެ ރޯލަށް ބަދަލު ގެނެސްފައިވަނީ ކޮން ސަބަބަކާ ހުރެ ކަމެއް އަދިވެސް އެނގިފައެއް ނުވެއެވެ.

އިޝްގްބާޒް ފަށާފައިވަނީ 2016 ވަނަ އަހަރެވެ. އެ ސީރީޒަކީ ތިން ބެއިންގެ ހަޔާތުގެ މައްޗައް ހަދާފައިވާ ސީރީޒެކެވެ. ނީތި މީގެ ކުރިން ވަނީ 'ކެއިސީ ޔޭ އާރިޔަން' ގައި ނަންދިނީ ގެ ރޯލުން ފެނިފައެވެ.
ހިޔާލު