Male' Geakah Valhi Hifaigen Vadhe 65 Aharuge Meehaku Rape Kohfi
image
މާލެ: މިކަން ހިނގާފައިވަނީ މާފަންނުގައި ހުންނަ ގެއެއްގައި.-- ފޮޓޯ: ޓްރެވަލް ސެންޓާ
6 ކޮމެންޓް
 

މާލޭ ގެއަކަށް ވަޅި ހިފައިން ވަދެ 65 އަހަރުގެ މީހަކު ރޭޕްކޮށްފި

މާލޭގެ ގެއަކަށް ވަޅި ހިފައިގެން މީހަކު ވަދެ، އެ ގޭގައި ދިރިއުޅުނު 65 އަހަރުގެ އަންހެނަކު ރޭޕްކޮށްލައިފި އެވެ.
"ސީއެންއެމް" އަށް އެނގިފައިވާ ގޮތުގައި އެކަން ހިނގާފައިވަނީ މި މަހުގެ ނުވަ ވަނަ ދުވަހު، މާފަންނުގައި ހުންނަ ގެއެއްގަ އެވެ. އަދި އެކަން ކުރި މީހާ އެ ގެ އަށް ވަނީ އެ ގޭގެ ދެ ވަނަ ބުރީގައި ހުންނަ އެޕާޓްމަންޓުގެ ފެންލައިޓުން، ފަތިސް ވަގުތުކަމަށް ވެއެވެ.

އެކަން ކުރި މީހާ ހުރީ މޫނުގައި މާސްކެއް ވެސް އަޅައިގެންނެވެ. އަދި އެ އަންހެން މީހާ ރޭޕް ކުރުމަށް ފަހު، އަނިޔާކޮށް ބަނދެފައި އެ ގޭގެ ފާހާނާ ތެރެއަށް "އެއްލާލީ" އެވެ. އެކަން ހިނގި ވަގުތު އެ ގޭގައި ހުރީ އަންހެން މީހާ އެކަންޏެވެ.

"ވަޅި ޖައްސާފަ ބުނީ ހަޅޭ ލަވައިފިއްޔާ މަރާލާނެ ކަމަށް. ދެން އޭނާ އެ ގެއިން ދިއުމުން އަންހެން މީހާ އަމިއްލަ އަށް ކޮންމެވެސް ގޮތަކަށް މޮހާލައިގެން ނިކުތީ،" އެ ކަމާ ގުޅޭ މައުލޫމާތު އެނގޭ މީހަކު "ސީއެންއެމް" އަށް ކިޔައިދިނެވެ.

އަންހެން މީހާ އެ ގޭ މީހުން ކައިރީގައި، ވަގަށް ވަތް މީހާ އޭނާ ރޭޕް ކުރި ވާހަކަ ބުނީ އޭގެ އެއް ދުވަސް ފަހުން ކަމަށް ވެއެވެ.

"އާދައިގެ ގޮތަކަށް ދިރިއުޅޭ ބައެއް، އެހެންވީމާ ވަގަށް ނަގާނެ މާގިނަ އެއްޗެއް އެ ގެއަކު ނެތް. މަދު ފައިސާ ކޮޅަކާއި، ގަހަނާ ކޮޅެއް ގެންދިޔައީ،" އޭނާ ކިޔައިދިނެވެ.

އޭނާ ބުނީ މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް މިކަމާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.
ހިޔާލު

ޙެކިބަސް

ކޮން އިލްމްވެރިއެއް ބުނީ 4 ފިރިހެނުންގެ ހެކިބަސް ބޭނުންވެޔޭ؟

ާކާކު

4 ފިރިހެނުންގެ ހެކި ބަސް ނުވަތަ ރޭޕް ކުރި މީހާގެ އިއުތިތާފާ ނުލައި ކުރެވޭ ޒިނޭގެ ތުހުމަތުގެ ހުކުމަކީ ގަޒުފުގެ ހުކުމް ނުވަތަ އަށްޑިހަ އެތިފަހަރު ޖެހުން ކަމުގައި އިލްމުވެރިން ބުނާތީ އަޑު އަހަމެވެ.
ނަމަވެސް ހަތަރު ހެކި ބަހާ ނުލާ މައްސަލަ ތައް ފުލުހަށް ހުށަހަޅާ، ނޫހުގައި ޖަަހާ ހެދުން ގިމަވެފައި ވީ ނަމަވެސް މި ހުކުމް ތަންފީޒް ނުކުރާއިރު ، އާންމިންނާއި އިލްމުވެރިމްވެސް މިކަންނުރާ ވާހަކަ ނުދައްކައެވެ.
އެހެނަސް ބައެއް ކަންކަމުގއި މާ ދީނީ ވެގެން އުޅޭތަންފެނެއެވެ.

ކަބަޑޭ

ކުށްވެރިންގެ ސުވަރުގޭގަ ތިއީ އާ ކަމެއްނޫން. 7 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މީހުން ހައްޔަރުގަ ނުބޭތިއްބޭ ގައުމެއްގަ ތިޔަކަހަލަ އެތައް ކަމެއް ހިނގުން އެއީ ހައިރާންވާންޖެހޭ ކަމެއްނޫން.

ޔޫސުފް

ކޮންމެ ދުވަހަކީ ނުރައްކާތެރި އެތައްކަމެއް މިހާރު މި ރާއްޖޭގެ ރައްޔިތުންނަށް އެއްވެސް ރައްކާތެރި ކަމެއްނެތް. މުޅި ގައުމުގައި ހުސް ކޮމިޝަން ރޭޕްކުރާ މީހުންގެ މައްސަލަ ހައްލު ކުރަން ރޭޕްކުރާމީހުންގެ ފޯރަމް އެއްބާ؟

ރަޝީދު

ކޮބާ އިންސާފު ހަމަހިމޭން ވެއްޓެއް ގާއިމުކުރަން ބުނިމީހުން؟ ބަލަ ޔާމިން ފޭބީމަވެސް މިކަަހަލަ ކަންތައް ހިނގާތަ؟ އެމްޑީޕީ މީހުން ބުނާނީ މީ ޔާމިން ކުރަން ރާވާފަ އަދި ނުނިމި ހުރި ކަންތަކެވެ. ބޯހަލާކު

ާރައްޔިތެއް

މިކަމުގައި ޟާމިލްވާ މީހުން ހަވަރައް ދޭންވީ