Kukulhu Biheh Kylie Jenner ge Instagram Record Muguraalaifi !
image
ކައިލީ އާއި ކުކުޅުބިސް
ޝާދިން މުހައްމަދު
0 ކޮމެންޓް
 

ކުކުޅުބިހެއް ކައިލީގެ އިންސްޓަގްރާމް ރެކޯޑް މުގުރާލައިފި!

އިންސްޓަގްރާމްގައި 'ވޯލްޑް ރެކޯޑް އެގް'ގެ ނަމުގައި އިންނަ އެކައުންޓަކުން ލީ އާދައިގެ ކުކުޅުބިހެއްގެ ފޮޓޯ އެއް ކައިލީ ޖެނާގެ މުޅި ދުނިޔެއިން އެންމެ ގިނައިން ލައިކް ލިބިފައިވާ އިންސްޓަގްރާމް ފޮޓޯ ބަލިކޮށް އެ މަގާމު ހޯދައިފިއެވެ.
އާދިއްދަ ދުވަހުގެ ރޭ އިނސްޓަގްރާމް އަށް އަޕްލޯޑުކުރި މި ކުކުޅު ބިހުގެ ފޮޓޯ ވަނީ 24 ގަޑިއިރުވެސް ނުވަނީސް ކައިލީ ޖެނާގެ 18 މިލިޔަން ލައިކް ލިބިފައިވާ އޭނާގެ ދަރިފުޅު ވިހައިފި ކަމަށް އަންގަން ލީ ފޮޓޯ އަށް ވުރެން ގިނައިން ލައިކް ހޯދާފައެވެ. މިހާރު މި ބިހުގެ ފޮޓޯގައި 23 މިލިޔަނަށްވުރެ ގިނަ ލައިކް އެބައިނެވެ.


އިންސްޓަގްރާމަށް މި ބިހުގެ ފޮޓޯ އަޕްލޯޑް ކުރިތާ މަ ގިނަ އިރު ނުވަނީސް ގިނަ ބަޔަކު ވަނީ މި ބިހަށް ލައިކް ހޯދުމުގެ ގޮތުން އެ ޕޯސްޓު އިސްތިހާރު ކުރަން ފަށާފައެވެ. އަދި ގިނަ އަދަދެއްގެ މަޝްހޫރު މީހުންނާއި، " އިންޓަނެޓް އިންފްލޫއެންސާސް" ވަނީ މި ފޮޓޯ އިސްތިހާރު ކޮށްފައެވެ.

އާދައިގެ ކުކުޅުބިހެއް ކައިލީގެ މަޝްހޫރު އިންސްޓަގްރާމް ފޮޓޯގެ ރިކޯޑު މުގުރާލުމުން މިކަމުން ގިނަ ބަޔަކު ވަނީ ހައިރާންވެފައެވެ. އަދި މިކަމަށް ކައިލީވެސް ވަނީ ޖަވާބު ދީ ޕޭމެންޓު މައްޗަށް ކުކުޅުބިހެއް ތަޅާލާ އެކަން ކުރާ ވީޑިއޯ އެށް ކައިލީގެ އިންސްޓަގްރާމް އަށް އަޕްލޯޑު ކޮށްފައެވެ.
View this post on Instagram

Take that little egg

A post shared by Kylie (@kyliejenner) on


އިންސްޓަގްރާމުގައި މި ބިހަށް ލައިކު ދީ އެ ފޮޓޯ އަށް ސަޕޯޓު ކުރި މީހުނަށް ކިޔަނީ " އެގް ގޭންގް' އެވެ. އަދި މި މީހުން މިކަން އިސްތިހާރުކޮށް ކާމިޔާބީ ފާހަގަ ކުރުމަށް "#އެގްގޭންގް" ބޭނުން ކުރަމުން ދެއެވެ.
ހިޔާލު