BML Muvazafunthakehge Bodu Hiyaanaatheh Balanee
image
ހިޔާނާތުގެ މައްސަލަ ބީއެމްއެލްގެ އިންޓާނަލް އޮޑިޓުން އަންނަނީ ބަލަމުން.-- ފޮޓޯ: ބީއެމްއެލް
2 ކޮމެންޓް
 

ބީއެމްއެލް މުވައްޒަފުންތަކެއްގެ ބޮޑު ހިޔާނާތެއް ބަލަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެމް)ގެ މުވައްޒަފުންތަކެއް އެތައް މިލިޔަން ރުފިޔާ އަކަށް ހިޔާނާތްތެރިވި ބޮޑު މައްސަލައެއް ބަލަން ފަށައިފި އެވެ.
އެ މައްސަލަ އެންމެ ފުރަތަމަ ތިލަވީ ސޯޝަލް މީޑިއާގަ އެވެ. ސޯޝަލް މީޑިއާގައި ބައެއް މީހުން ބުނެފައިވާ ގޮތުގައި ގައުމީ ބޭންކުގެ މުވައްޒަފުންތަކެއް ވަނީ އަށް މިލިޔަނަށް ވުރެ ގިނަ ރުފިޔާ އަށް ހިޔާނާތްތެރިވެފަ އެވެ.

އެނގިފައިވާ ގޮތުގައި އެ ކަން ސޯޝަލް މީޑިއާގައި އާންމުވީ އިރު، ބީއެމްއެލްގެ އިންޓާނަލް އޮޑިޓުން އަންނަނީ އެ މައްސަލަ ބަލަމުންނެވެ. ނަމަވެސް އެ ކަމުގެ އިތުރު އެއްވެސް ތަފްސީލެއް ބީއެމްއެލުން ހާމައެއް ނުކުރެ އެވެ.

އެކަމަކު ގައުމީ ބޭންކުން އެކަން ދޮގެއް ނުކުރެ އެވެ. އެގޮތުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވީ، ބޭންކުގެ އެތެރޭން ހިނގާފާނެ ނުރަނގަޅު ކަންކަންމާއި އިހުމާލުތައް ދެނެގަތުމަށް ހަރުދަނާ ގަވާއިދުތަކާ އުސޫލުތާއި، އިންޓާނަލް ކޮންޓްރޯލްތައް ގާއިމްކޮށްފައިވާ ކަމަށެވެ.

"އެއްވެސް މުވައްޒަފަކު ގަވާއިދާ ހިލާފު ކަމެއް ކޮށްފި ނަމަ ތަހުގީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހުގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަޅާނެ،" ސައީދު ވިދާޅުވި އެވެ.

ބީއެމްއެލްގެ އިންޓާނަލް އޮޑިޓުން އެ މައްސަލަ ބަލަމުން އަންނަ އިރު، އެކަމުގައި ހިމެނެނީ ކިތައް މުވައްޒަފުން ކަމެއް އަދި އެމީހުން އެކަން ކޮށްފައިވަނީ ކިހިނެއް ކަމެއް ސާފެއް ނުވެ އެވެ.
ހިޔާލު

އަސްތާ

އެހެންތަ؟ އާކަމެއް ނޫން. އާންމުކޮށް ހިނގާ ކަމެއް.

ޙުސެން

ޢިންޓަރނަލް އޮޑިޓް އެންމެ ވައްތަރީ އިހައް ދުވަހު ސްޕްރީމް ކޯރޓުން އުފެއްދި ފަނޑިޔާރުނގެ ކަންތައް ބަލާ ކޮމިޓީ އާއެވެ.