China gai 200 Million Meehunge CV Leak Vehje
image
ޝަންގްހައި ސިޓީ
ޝާދިން މުހައްމަދު
0 ކޮމެންޓް
 

ޗައިނާގައި 200 މިލިއަން މީހުންގެ ސީވީ ލީކު ވެއްޖެ

ޗައިނާގެ 200 މިލިއަންވުރެ ގިނަ ރައްޔިތުންގެ އަމިއްލަ މައުލޫމާތު ހިމެނޭ އެމީހުންގެ ސީވީ ނުވަތަ ރިޒިޔުމް ތަކެއް އެކުލެވޭ ޑާޓާބޭސްއެއް އިންޓަނެޓުގައި ލީކު ވެއްޖެއެވެ.
ނަމާއި، އެޑްރެހާއި، ފޯން ނަންބަރު އަދި އީމއެިލް ހިމެނޭ މި ސީވީ ޑާޓާބޭސް އިންޓަނެޓުގައި އާންމުވެފައި ވަނީ ކިހިނެއްކަމެއް އަދި އެނގިފައެއް ނުވާކަމަށް އެ ގައުމުގެ މީޑިއާއިން ބުނެއެވެ. ނަމަވެސް މީޑިއާތަކުން ލަފާ ކުރަނީ ގިނަ މީހުން ސީވީ ފޮނުވަ ވެބްސައިޓުތަކުން އެ މައުލޫމާތު ކޮންމެވެސް ގޮތަކުން އަތުލައިގަތީ ކަމަށް ޗައިނާގެ ސޮފްޓްވެއާ ފާމް ތަކުން ބުނެއެވެ.

މިކަމާ ބެހޭގޮތުން ދިރާސާ ކުރަން ހެދި ތަފާސް ހިސާބތަކަށް ބަލާއިރު މިއީ ވަރަށް ގިނަ ދުވަސް ވަންދެން ބަޔަކު ކުރި މަސައްކަތެއްކަމަށް އެފަރާތްތަކާ ހަވާލާދީ މީޑިއާއިން ބުނެއެވެ

ޗައިނާގެ ސޮފްޓްވެއާ ފާމެއ ކަމަށްވާ "ހެކެންޕްރޫފް" ގެ ޑިރެކްޓަރު ބޮބް ޑިއަކެންޗޯ ވަނީ އެ ޑާޓާބޭސް އިންޖީނުގައި އާންމު ވެފައި ވާކަން އަންގާ ޓްވީޓެް ކޮށްފައެވެ. ނަމަވެސް، މި ޓްވީޓު ކުރިތާ މާ ގިނަ އިރު ނުވަނީސް އެ ޑާޓާ ބޭސްވަނީ އެމަޒޯން ކްލައުޑް(ޑާޓާބޭސް ރައްކާ ކުރެވިފައި ހުރި ތަން) އިން ޑިލީޓު ކޮށްލައިފައެވެ.

ޗައިނާ ފުލުހުން ދަނީ އަދިވެސް މި މައްސަލަ ތަހުގީގު ކުރަމުންނެވެ.

މިދިޔަ އަހަރު އޮގަސްޓު މަހު ޗައިނާ ފުލުހުން ވަނީ އިންޓަނެޓުން މީހުންގެ " ޕާސަނަލް އިންފޮމޭޝަން" ވަގަށް އަތުލާގަތް މީހެއް ހައްޔަރުކޮށްފައެވެ.
ޗައިނާ އިންޓަނެޓް
ހިޔާލު