Sun Island gai Bidheysy aku Dhanjehigen Maruvehje
image
ސަން އައިލެންޑް ރިސޯޓް: މަރުވީ އެ ރިސޯޓުގެ މުވައްޒަފެއް.
ޝާދިން މުހައްމަދު
1 ކޮމެންޓް
 

ސަން އައިލެންޑުގައި ބިދޭސީއަކު ދަންޖެހިގެން މަރުވެއްޖެ

ސަން އައިލެންޑް ރިސޯޓުގައި ބިދޭސީއަކު ދަންޖެހިގެން މަރުވެފައި ހުއްޓާ މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ ދަންޖެހިގެން މަރުވެފައި ވަނީ 40 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. އެކަން ފުލުހުންނަށް ރިޕޯޓްކުރީ މިއަދު ހެނދުނު 6:30 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. އަދި އެކަން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.

އެނގިފައިވާ ގޮތުގައި އޭނާ ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ އެ ރަށް ކުނިކަހަން ދިޔަ ބަޔަކަށެވެ. އަދި އޭނާ ދަންޖެހިފައި ހުރީ ރިސޯޓުގެ ސްޓާފުން އުޅޭ ސަރަހައްދުގަ އެވެ.

ދަންޖެހިގެން މަރުވި މީހާ އަކީ އެ ރިސޯޓުގެ މުވައްޒަފެކެވެ. އަދި އޭނާގެ ހަށިގަނޑު ގައުމަށް ފޮނުވަން ނިންމާފައިވާ ކަމަށް، އެ ރިސޯޓުން ވާހަކަދެއްކި ބައެއް މީހުން ބުނެ އެވެ.

ސަން އައިލެންޑަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ގުރޫޕުން އޮޕަރޭޓް ކުރަމުން އަންނަ ރިސޯޓެކެވެ. އަދި އެ ރިސޯޓަކީ ރާއްޖޭގައި މިވަގުތު އޮޕަރޭޓް ކުރަމުން އަންނަ އެންމެ ބޮޑު ރިސޯޓެވެ.
ހިޔާލު

ޑިޓެކްޓިވް

ރާއްޖޭގައި މީހަކު ދަންޖެހިފަ ހުރިއްޔާ ބަލާނީ އަމިއްލައަށް މަރުވީ ކަމަށް، އެހެންނަމަވެސް މީހަކު އޭނަ މަރާލާފަ ދަން ޖެހުނުކަމަށް ދެއްކީ ކަމަށްވެސް ވުން އެކަށީގެންވޭ.