BML Hiyaanaathaa Gulhigen 2 Muvahzafaku Suspend Kohfi
image
ބީއެމްއެލްގެ އިންޓާނަލް އޮޑިޓުން އަންނަނީ ހިޔާނާތުގެ މައްސަލަ ބަލަމުން.-- ފޮޓޯ: ބީއެމްއެލް
1 ކޮމެންޓް
 

ބީއެމްއެލްގެ ހިޔާނާތާ ގުޅިގެން ދެ މުވައްޒަފަކު ސަސްޕެންޑް ކޮށްފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެމް)ގެ މުވައްޒަފުންތަކެއް އެތައް މިލިޔަން ރުފިޔާ އަކަށް ހިޔާނާތްތެރިވި ބޮޑު މައްސަލައެއް ބަލަން ބޭންކުން ބަލަމުން އަންނަ އިރު، އެ މައްސަލާގައި ދެ މުވައްޒަފަކު ސަސްޕެންޑް ކޮށްފި އެވެ.
ސީރިއަސް މައްސަލައެއްގެ ގޮތުގައި، ބީއެމްއެލްގެ އިންޓާނަލް އޮޑިޓުން ބަލަމުން އަންނަ މައްސަލާގައި ދެ މުވައްޒަފުން ސަސްޕެންޑް ކުރި އިރު އެ ކަމުގައި އިތުރު ބަޔަކު ބައިވެރިވާކަމެއް ނުވަތަ ނޫން ކަމެއް އަދި ސާފެއް ނުވެ އެވެ.

އެތައް މިލިޔަން ރުފިޔާ އަކަށް މުވައްޒަފުންތަކެއް ހިޔާނާތްތެރިވި އިރު، އޭގެ ސީދާ އަދަދު ސާފުވާނީ އިންޓާނަލް އޮޑިޓުން ބަލަމުން އަންނަ މައްސަލަ ނިމުމުންނެވެ. ބައެއް މީހުން ބުނާގޮތުގައި ހިޔާނާތްތެރިވި ފައިސާގެ އަދަދު 8-10 މިލިޔަން ރުފިޔާ އަށް އަރައެވެ.

ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު އިއްޔެ ވިދާޅުވީ، ބޭންކުގެ އެތެރޭން ހިނގާފާނެ ނުރަނގަޅު ކަންކަންމާއި އިހުމާލުތައް ދެނެގަތުމަށް ހަރުދަނާ ގަވާއިދުތަކާ އުސޫލުތާއި، އިންޓާނަލް ކޮންޓްރޯލްތައް ގާއިމްކޮށްފައިވާ ކަމަށެވެ.

"އެއްވެސް މުވައްޒަފަކު ގަވާއިދާ ހިލާފު ކަމެއް ކޮށްފި ނަމަ ތަހުގީގީ އިދާރާތައް މެދުވެރިކޮށް އެކަމެއް ތަހުގީގުކޮށް އަޅަން ޖެހޭ އެންމެ ހަރުކަށި ފިޔަވަޅު ބޭންކުން އަޅާނެ،" ސައީދު ވިދާޅުވި އެވެ.

އެނގިފައިވާ ގޮތުގައި ގައުމީ ބޭންކުގެ އިންޓާނަލް އޮޑިޓުން އެ މައްސަލަ ބަލަމުން އަންނަ އިރު، އެކަން އަދި ފުލުހުންނަށް ހުށަހަޅާފައެއް ނުވެ އެވެ.
ހިޔާލު

ޣުޖދހފ

އެންމެ ހަރުވަށި ފިޔަވަޅަކީ ސަސްޕެންޑްތަ؟ ވަޓް އަ ޖޯކް.