'Don 3' ah Shah 'Saare Jahan se Accha' Dhookohlaifi
image
ޝާހު(ޑޯން 2 ގެ މަންޒަރެއް)، ރާކޭޝް ޝަރުމާ---
0 ކޮމެންޓް
 

'ޑޯން 3' އަށް ޝާހު 'ސާރޭ ޖަހާން ސެ އައްޗާ' ދޫކޮށްލައިފި

'ޑޯން 3' އަށް ޝާހު ރުކް ހާނު ރާކޭޝް ޝަރްމާގެ ބަޔޯ ޕިކް 'ސާރޭ ޖަހާން ސެ އައްޗާ' ދޫކޮށްލައިފިއެވެ.
ފަރުހާނު އަހުތަރު ޑައިރެކްޓުކުރާ 'ޑޯން 3' އަކީ ގިނަ ބަޔަކު އެފިލްމު ނެރޭނެ ދުވަހަކަށް ކެތްމަދުވެފައިވާ ފިލްމެކެވެ. އެފިލްމުގައި ލީޑު ރޯލުން ޝާހު ފެނިގެންދިއުމަކީ އޭނާގެ ކޮންމެ ސަޕޯޓަރަކު ވެސް ބޭނުންވާނެ ކަމެކެވެ. އެގޮތުން ޝާހު ވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު 'ސާރޭ ޖަހާން ސެ އައްޗާ' ދޫކޮށްލުމަށްފަހު ޑޯން 3ގެ ޓީމަށް ގުޅިފައި ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެފިއެވެ.

'ސާރޭ ޖަހާން ސެ އައްޗާ' އިންޑިއާއިން ޖައްވަށް ދިޔަ ހަމައެކަނި މީހާކަމަށްވާ ރާކޭޝް އަށް ހަދާ ފިލްމެކެވެ. މީގެ ކުރިން އެފިލްމަށް ސޮއި ކޮށްފައިވަނީ އާމިރު ހާނެވެ. ނަމަވެސް އޭނާ ވަނީ ޝާހުއަށް އެރޯލު ދީފައެވެ. ޝާހު އެފިލްމު ދޫކޮށްލުމުން އޭނާގެ ބަދަލުގައި ފެނިގެންދާނީ ކޮން ފަންނާނެއް ކަމެއް އަދި ނޭންގެއެވެ.

ރިޕޯޓުތައް ބުނާގޮތުގައި ލީޑު ބަތަލާގެ ރޯލުން ފެނިގެންދާނީ ސަނާ އެވެ. ނަމަވެސް އެކަމާ ބެހޭގޮތުން އޮފިޝިއަލް އިއުލާނެއް ކޮށްފައެއް އަދި ނުވެއެވެ.

ޑޯން 3 އަކީ 2006 ވަނަ އަހަރު ނެރުނު ފިލްމު ޑޯންގެ ތިން ވަނަ ބައެވެ. ފިލްމުގެ ކޮންމެ ބަަޔަކަށްވެސް ބޮޑު ކާމިޔާބެއް ލިބިފައިވާއިރު އެފިލްމުގެ މަސައްކަތް މިއަހަރު ތެރޭ ފެށޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ޝާހުގެ އިތުރުން ފިލްމުގައި ފެނިގެންދާނީ ކޮން ފަންނާނެއް ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ހިޔާލު