Pickup akun Jehi Highwayge Divider thah Fundufundu
image
ހައިވޭގައި ހުރި ރޯޑް ޑިވައިޑާސް ފުނޑު ފުނޑުވެފައި---
3 ކޮމެންޓް
 

ޕިކަޕަކުން ޖެހި ހައިވޭގެ ޑިވައިޑާތައް ފުނޑުފުނޑު

ހުޅުމާލެ އާއި ބްރިޖް ގުޅުވައިދޭ ހައިވޭގައި ރޭ ފަތިހު ހިނގި އެކްސިޑެންޓުގައި ހައިވޭގައި ޖަހާފައިހުރި ރޯޑް ޑިވައިޑާތައް ފުނޑުފުނޑު ވެއްޖެއެވެ.
ފުލުހުން ބުނިގޮތުގައި އެކްސިޑެންޓު ހިނގާފައިވަނީ ރޭ ފަތިހު 04:17 ހާއިރުއެވެ. އެއެކްސިޑެންޓުގައި އެކަކަށްވެސް އަނިޔާއެއް ލިބިފައިނުވާއިރު އެކްސިޑެންޓު ހިނގާފައިވަނީ ހައިވޭގެ ޔޫޓާން ނަގާ ހިސާބުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ޕިކަޕަކުން ޖެހުމުގެ ސަބަބުން 40 ފޫޓުގެ ރޯޑް ޑިވައިޑާތައް މުޅިން ހަލާކުވެފައިވާއިރު ޑިވައިޑާސްގެ ފުނޑުފުނޑުވި އެއްޗެހިތައް ހުރީ އެހިސާބަށް ބުރައިގެން ގޮސްފައެވެ.އެނގިފައިވާގޮތުގައި އެ އެކްސިޑެންޓު ހިނގާފައިވަނީ ބާރު ސުޕީޑެއްގައި ދުއްވާފައި ދިޔަ ޕިކަޕް ކޮންޓުރޯލު ނުވެގެންނެވެ. އެހާދިސާގައި އެޕިކަޕުގެ ކުރީ ކޮޅަށް ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.

ހިޔާލު

ސަ

ސަރުކާރުގެ ތެރޭ އުޅޭ ކުނަ މެއްސެއްގެ މަސްލަހަތު އޮންނާނެ ޕިކަޕަކީ ނަމަ ތިޔަ މައްސަލަވެސް ތިޔަ އޮބުނީއެވެ

ކަލްމޫ

ބާރު ސްޕީޑްގައި ދުއްވާ މީހުން ބަލަން ރާޑަރު ހަރުކުރަންވީ އޭރުން ވަކިވަރަކަށް ބާރު ސްޕީޑުގައި ދުއްވާ މީހުން ރާޑަރުން ފެންނާނެ ރިކޯޑް ކުރެވޭނެ އަތުލައި ގަނެވޭނެ ޖުރިމައިނާ ކުރެވޭނެ!

އޭބީސީ

ޕިކަޕް ދުއްވާލެެއް ހަމަ ބާރީ... ހަމައިން ނައްޓާފަތިބެނީ