ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
/
އެހެނިހެން
ބްރަހްމަނަންދަމް ކަންނެގަންތީ---
17 ޖެނުއަރީ 2019
0 ކޮމެންޓް
Tweet
ކޮމެޑީ އެކްޓަރު ބްރަހްމަނަންދަމް ހިތުގެ އޮޕަރޭޝަނެއް ކޮށްފި
ތެލުގޫގެ މަޝްހޫރު ކޮމެޑީ އެކްޓަރު ބްރަހްމަނަންދަމް ކަންނެގަންތީ ހިތުގެ ސާޖަރީއެއް ހަދައިފިއެވެ.
އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ބްރަހްމަނަންދަމް ހިތުގެ ސާޖަރީ ހަދާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގައި މުމްބާއީގެ ހޮސްޕިޓަލެއްގައެވެ. އޭނާ އެސާޖަރީ ހަދާފައިވަނީ އެތަށް ޓެސްޓުތައް ހެދުމަށްފަހު ކުއްލިގޮތަކަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.
ބްރަހްމަނަންދަމް ހާލު މިހާރު ސްޓޭބަލް ކަމަށް އޭނާގެ ދެ ފިރިހެން ދަރިން ކަމަށްވާ ރާޖާ ގޯތަމް އަދި ސިދާތު ވަނީ ބުނެފައެވެ. ފިލްމު އިންޑަސްޓުރީގެ ގިނަ ފަންނާނުން ބްރަހްމަނަންދަމަށް އަވަސް ޝިފާއަކަށް އެދިފައިވާއިރު އޭނާގެ ސަޕޯޓަރުން ވެސް އަންނަނީ ސޯޝަލް މީޑިއާގައި ބްރަހްމަނަންދަމްއަށް ދުއާ ކޮށްފައެވެ.
އުމުރުން 62 އަހަރުގެ ބްރަހްމަނަންދަމަކީ ފިލްމު އިންޑަސްޓުރީގައި ބޮޑު އާމްދަނީ އެއް ލިބޭ އެކްޓަރެކެވެ. ބްރަހްމަނަންދަމް ފިލްމަކުން ފެނުމަކީ ކޮންމެ ފިލްމަކަށް ވެސް އިތުރު ފުރިހަމަ ގެނެސްދޭ ކަމެކެވެ.
ގިނަ އެވޯޑުތަކެއް ލިބިފައިވާ ބްރަހްމަނަންދަމު ވަނީ މަޝްހޫރު އެތައް ފިލްމެއްގައި މަސައްކަތް ކޮށްފައެވެ. އޭގެ ތެރޭގައި ވިނޯދަމް، ރެޑީ، ރޭސް ގަރަމް، މަންމަދޫދު، ކޮންޗަމް އިޝްތަމް ކޮންޗަމް ކަޝްތަމް، ދޫކުޑު އަދި ބާދްޝާހު، ރިބެލް، ސަރައިނޮޑު ފަދަ ފިލްމުތައް ހިމެނެއެވެ.
ގުޅުންހުރި
ބޮލީވުޑް
ބްރަހްމަނަންދަމް ކަންނެގަންތީ
މުނިފޫހިފިލުވުން
އިންޑިއާ
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
ބައި މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފޭރިގަނެފި
3 ގަޑިއިރު ކުރިން
"ފަނޑިޔާރުންނަކީ ވެސް ޖަވާބުދާރީ ކުރުވެން ޖެހޭނެ ބައެއް"
4 ގަޑިއިރު ކުރިން
އެކައުންޓްގައި 1 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުންނާނެ އޭރުވެސް: ޔާމީން
6 ގަޑިއިރު ކުރިން
ގެއަކުން "ވެއްޓުނު" ކުނިކޮތަޅަކުން ޖެހި މީހަކަށް އަނިޔާވެއްޖެ
6 ގަޑިއިރު ކުރިން
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޝާހިދު އެމެރިކާ އަށް
6 ގަޑިއިރު ކުރިން