Cancer Baleege Shikara akah vi Tahira Ehnme fahun Boathalakoh Dhahkalaifi
image
ތަހިރާ އާއި އަޔުޝްމަން---
1 ކޮމެންޓް
 

ކެންސަރު ބަލީގެ ޝިކާރައަކަށްވި ތަހިރާ އެންމެ ފަހުން ތަލަ ދައްކާލައިފި

ކެންސަރު ބަލީގެ ޝިކާރައަކަށްވި ބޮލީވުޑުގެ މަޝްހޫރު އެކްޓަރު އަޔުޝްމަން ކުރާނާގެ އަންހެނުން ތަހިރާ ކަޝްޔަބް އެންމެ ފަހުން ތަލަ ދައްކާލައިފި އެވެ.
އުރަމަތީ ކެންސަރުގެ ޝިކާރައަކަށްވި ތަހީރާ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން ކުރި ޕޯސްޓެއްގައި އޭނާ ވަނީ އެންމެ ފަހު ކީމޯތެރަޕީ ދިން ކަމަށް ބުނެފައެވެ. އެހަބަރަކީ ގިނަ ބައެއްގެ މޫނުމައްޗައް ހިނިތުންވުން ގެނެސްދިން ހަބަރެކެވެ.

ތަހިރާ ކެންސަރު ބަލީގެ ފަރުވާ ހޯދިނަމަވެސް ހިތްވަރު އެލުވައެއް ނުލައެވެ. ނަމަވެސް ގިނަ ބައެއްގެ ހިތުގައި އޭރު އުފެދުނު ސުވާލަކީ ކީމޯދިނުމުން ވެސް އޭނާގެ ބޮލުން އިސްތަށި ނުފައިބާތޯ ކުރެވުނު ސުވާލެވެ. ސަބަބަކީ ތަހިރާ ހިއްސާކޮށްފައި ހުންނަ ހުރިހާ ޕޯސްޓެއްގައި ވެސް އޭނާގެ ރީތި އިސްތަށިގަނޑު ފެންނަަން ހުންނާތީއެވެ.

އުމުރުން 35 އަހަރުގެ ތަހިރާ ވަނީ އިންސްޓަގުރާމު މެދުވެރިކޮށް އޭނާގެ އަސްލު ހުންނަ ގޮތް ދައްކާލާފައެވެ. އިއްޔެ ހިއްސާކުރި އެ ޕޯސްޓުގައި ތަހިރާ ފެނިގެންދަނީ ބޯތަލަކޮށެވެ. ތަހިރާ ބުނިގޮތުގައި އޭނާ މިހާރު އެކްޓިންޝަން (އިސްތަށިގަނޑެއް) ޖަހައިގެން އުޅެ އުޅެ ބަލިވެއްޖެއެވެ.


ގިނަ ބަޔަކު އޭނާ އެދެއްކި ހިތްވަރަށް ތައުރީފުކޮށްފައިވާއިރު ބޮލީވުޑުގެ މަޝްހޫރު ފަންނާނުން ވެސް އޭގެ ތެރޭގައި ހިމެނެއެވެ.

ތަހިރާ އަށް ކެންސަރު ޖެހިފައިވާކަން އޭނާ ހާމަކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އަޔުޝްމަން ތަހިރާ އާއި ކައިވެނި ކޮށްފައިވަނީ 2011 ވަނަ އަހަރެވެ. އަދި އެދެމީހުންނަށް ވަނީ ދެކުދިން ލިބިފައެވެ.

ތަހިރާގެ އިތުރުން ބަތަލާ ސޮނާލީ ބޭދުރޭ، ،މަނީޝާ ކޮއިރަލާ، ލީޒާ ރޭ، ރާކޭޝް ރޯޝަން އަދި އިރުފާނު ހާން ވެސް ވަނީ ކެންސަރު ބަލީގެ ޝިކާރައަކަށް ވެފައެވެ.
ހިޔާލު

ޟާން

ތީނަ ކަޅު ބުރުގާ އަޅުވާލަ، އެއިރުން ހުރިހާ ކަމެއް ފުރިހަމަވީ