Mifaharu Ehvahtharu hedhun lee Hina aai Surbhi
image
ހިނާ އާއި ސުރްބީ---
0 ކޮމެންޓް
 

މިފަހަރު އެއްވައްތަރު ހެދުން ލީ ހީނާ އާއި ސުރްބީ

ސުރްބީ ޗަންދްނާ އާއި ހީނާ ހާން އަކީ ޓީވީ އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ދެފަންނާނުންނެވެ.
ގިނަ ބައެއްގެ ލޯބި ހޯދާފައިވާ ސުރްބީ އެންމެ ފަހުން ފެނިގެންދިޔައީ ސްޓާ ޕްލަސް އިން ދައްކަމުން އަންނަ މަޝްހޫރު ޑުރާމާ އިޝްގްބާޒް އިން އަނިކާގެ ރޯލުންނެވެ. ހީނާ އަކީ ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑްރާމާ ޔޭ ރިޝްތާ ކިޔާ ކެހްލާތާހޭ އިން އަކްޝަރާގެ ރޯލުން ފެނިގެންދިއަ ފަންނާނާނެކެވެ.

ސުރްބީވަނީ ރޭގައި އިންޑިއާގައި ބޭއްވި އިވެންޓެއްގައި ބައިވެރިވެފައެވެ. އެއިވެންޓުގައި ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ ސުރްބީ ލާފައި ހުރި ހެދުމަށެވެ. އެހެދުމަކީ ހީނާ މިދިޔަ އަހަރު އިވެންޓެއްގައި ލި ވައްތަރުގެ ހެދުމެކެވެ. މަޑު ފިޔާތޮށި ކުލައިގެ އެހެދުމަކީ އެއްކޮނޑު ވައްޓާލާފައި ހުންނަ ކަހަލަ ހެދުމެކެވެ.

ހެދުން އެއްވައްތަރުވި ނަމަވެސް ދެމީހުން ވެސް ފެނިގެންދިޔައީ އަމިއްލް ވަންތަ ކަމާއެކުގައެވެ. އެގޮތުން ހީނާ އެހެދުމުގައި ފެނިގެންގޮސްފައިވަނީ އިސްތަށިގަނޑު އައްސާލާފައި، ކަޅު ކުލައިގެ އުސް ފައިވާނަކަށް އަރާފައި ހުރި މަންޒަރެވެ. ނަމަވެސް ސުރްބީ ފެނިގެންދިޔައީ އިސްތަށިގަނޑު ނިއުޅުވާލާފައި، ފިޔާތޮށި ކުލައިގެ ވިދުން ހުންނަ ފައިވާނެއް އަރާފައި ހުރި މަންޒަރެވެ.
ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އެހެދުން އެންމެ ގުޅެނީ، އަދި އެންމެ ރީތީ ހީނާ ލުމުންނެވެ.

ހީނާ މިހާރު ދަނީ އެކްތާ ކަޕޫރުގެ އެންމެ މަގްބޫލު އެއް ޑްރާމާކަމަށްވާ ކަސޯޓީ ޒިންދަގީ ކޭގެ ދެވަނަ ބައިގެ މަސައްކަތް ކުރަމުންނެވެ. އެ ޝޯގައި އޭނާ ފެނިގެންދަނީ އެންމެ މުހިއްމު އެއް ރޯލުކަމަށްވާ ކޮމޮލިކާގެ ރޯލުންނެވެ. ސުރްބީ އިޝްގްބާޒް މިޙާރު ދޫކޮށްލާފައިވާއިރު އޭނާ މިވަގުތު އެއްވެސް މަސައްކަތެއް ނުކުރެއެވެ.
ހިޔާލު