Resort thah inspectkoh, gavaaidhu thakah badhalu gennanee
image
ޓޫރިޒަމް އިންޑަސްޓްރީގެ ކާރިސާތަކާ ބެހޭ ސްޓިއަރިން ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
0 ކޮމެންޓް
 

ރިސޯޓުތައް އިންސްޕެކްޓްކޮށް، ގަވާއިދުތަކަށް ބަދަލު ގެންނަނީ

ރާއްޖޭގައި އޮޕަރޭޓް ކުރަމުން އަންނަ ރިސޯޓް، ގެސްޓްހައުސް، ހޮޓާ އަދި ސަފާރީ ތައް އިންސްޕެކްޓް ކޮށް، ޓޫރިޒަމް އިންޑަސްޓްރީގެ ފަސް ގަވާއިދެއް އިސްލާހު ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގައި ނޫސްވެރިންނާ ބައްދަލުކޮށް އަލީ ވަހީދު ވަހީދު ވިދާޅުވީ އެ ކަންކަން ކުރިއަށް ގެންދާނީ ފުލުހުންނާއި، އެމްއެންޑީއެފް އަދި މޯލްޑިވްސް އެސޯސިއޭޝަން ފޯ ޓޫރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ޓެކްނިކަލް އެހީތެރިކަމާއި އެކު ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި އިންސްޕެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ވިދާޅުވި އެވެ. އަދި މިހާރު އަމަލު ކުރަމުން އަންނަ ބައެއް ގަވާއިދުތަކަކީ ވަރަށް ޒަމާންވީ ގަވާއިދުތަކެއް ކަމަށާއި އެހެންކަމުން އިސްލާހު ކުރަން މިހާތަނަށް ނިންމާފައިވަނީ ފަޔާ ރެގިއުލޭޝަން އާއި ސޭފްޓީ ރެގިއުލޭޝަންސް އާއި ރިސޯޓް ރެގިއުލޭޝަންސް އަދި ޓުރެވަލް އެޖެންސީ ރެގިއުލޭޝަންސްގެ އިތުރުން ގެސްޓްހައުސް ގަވާއިދު ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގައި ގެނބިގެން މަރުވަ ފަތުރުވެރިންގެ އަދަދު އިތުރުވަމުން އަންނަ އިރު، ވޯޓާ ސްޕޯޓްސް ރެގިއުލޭޝަނެއް އެކުލަވާލަން ނިންމާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އަދި މިކަންކަމާ ގުޅޭގޮތުން އަޅުގަނޑުމެންގެ މިނިސްޓްރީއާ އެއްކޮށް މަސައްކަތް ކުރާ ސްޓޭކް ހޯލްޑަރުންނާ އެއްކޮށް އަޅުގަނޑުމެން ޓެކްނިކަލީ ވޯކް ކުރާނަން. އޭގެ އިތުރުން އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އާންމު ރައްޔިތުންގެ ހިޔާލު ވެސް މިކަމުގައި ބޭނުންތެރި،" އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިން ވެސް އޮންނަ އުސޫލުތަކުގެ ތެރެއިން އިންސްޕެކްޓް ކުރާ ކަމަށާއި ނަމަވެސް، ކޮންމެ ވަގުތެއްގައި ވެސް އެ ތަނެއްގެ ހާލަތު މިނިސްޓްރީ އަށް އެނގެން ޖެހޭ ކަމަށެވެ. އަދި އެފަދަ އިންސްޕެކްޝަންތައް ހަވާއިދާ އެއްގޮތަށް ކުރިއަށް ގެންދިއުން މުހިންމު ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ނޫސްވެރިންނާ ބައްދަލުކުރި އިރު، ފާއިތުވި ދުވަސްތަކުގައި ކައިރި ކައިރީގައި ހިތާމަވެރި ހާދިސާތަކެއް ވަނީ ހިނގާފަ އެވެ. އެގޮތުން އަލިފާނުގެ ހާދިސާތަކުގެ އިތުރުން ގެނބިގެން ފަތުރުވެރިން މަރުވުމުގެ ހާދިސާތައް ފާހަގަ ކުރެވެ އެވެ.
ހިޔާލު