BML ge hiyaanathuge mahsala fuluhah husha'halhaifi
image
ބީއެމްއެލްގެ ހިޔާނާތުގެ މައްސަލަ ފުލުހަށް ހުށަހަޅައިފި
2 ކޮމެންޓް
 

ބީއެމްއެލްގެ ހިޔާނާތުގެ މައްސަލަ ފުލުހަށް ހުށަހަޅައިފި

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެމް)ގެ މުވައްޒަފުންތަކެއް އެތައް މިލިޔަން ރުފިޔާ އަކަށް ހިޔާނާތްތެރިވި ބޮޑު މައްސަލަ އިތުރަށް ތަހުގީގު ކުރުމަށް ފުލުހުންނަށް ހުށަހަޅާފައިވާކަމަށް އެކުންފުނިން ބުނެފިއެވެ.
ބީއެމްއެލްގެ އެތެރޭގެ ހިޔާނާތުގެ މައްސަލާގައި ދެ މުވައްޒަފަކު ސަސްޕެންޑް ކޮށްފައިވާކަމަށް އަޑުފެތުރިފައި ވަނިކޮށް ބޭންކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކުންފުނީގެ ފިރިހެން މުވައްޒަފަކު 4.9 މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާ ކަމުގައެވެ.

ބީއެމްއެލްގެ މުވައްޒަފަށް ކުއްންފުނީގެ އެތެރޭގެ އެކައުންޓްތަކުގެ މުއާމަލާތްކުރަން ދިން ބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިފާފައިވާކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

ބޭންކުންބުނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައިބަލާ ތަހްގީގުކުރުމަށާއި މިކަމާ ގުޅޭ ގޮތުން އަޅަން ޖެހޭ ފިޔަވަޅު އެޅުމަށްޓަކައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމުގައެވެ.

މުވައްޒަފު ހިޔާނާތްތެރިވެފައިވަނީ 4.9 މިލިއަނެއްހާ ރުފިޔާއަށްކަމަށް ބީއެމްއެލުން ބުނިއިރު ކުރިން އަޑު ފެތުރިފައިވަނީ 8 މިލިއަނާ 10 މިނިއަނާ ދެމެދުގެ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށެވެ.


ހިޔާލު

ޑިޑީޑީޑީޑި

ބަލަގަ ކޮޔާ، އެއީ ޔާމީނުގެ ވެރިކަމުގަ ހިނގާފައިވާ ކަމެއް. ރަނގަޅަށް ބައްލަވާލެއްވުން ކީއްތޯ؟

އެކަމަކުދޯ

ރައީސް ޔާމީންގެ ވެރިކަމުގަ ވީކަމެއްނަމަ މިއުޅޭ ލާޑީނީ މީހުން ހުންނާނެ ފޯރިއެއް