Uvaalan ninamaafaiva kunfunithakun 189.6 million ruffiya liben jehey: MIRA
image
ދިވެހި ރުފިޔާތަކެއް
6 ކޮމެންޓް
 

އުވާލަން ނިންމާފައިވާ ކުންފުނިތަކުން 189.6 މިލިއަން ރުފިޔާ ލިބެންޖެހޭ: މީރާ

ފާއިތުވި އަހަރުގެ ނިޔަލަށް 7089 ކުންފުންޏަކުން އަހަރީ ފީ އާއި ޖޫރިމަނާގެ ގޮތުގައި 197.9 މިލިއަން ރުފިޔާ ދައުލަތުން ލިބެންޖެހޭއިރު އޭގެތެރެއިން 189.6 މިލިއަން ރުފިޔާއަކީ މިހާރު އުވާލަން ނިންމާފައިވާ ކުންފުނިތަކުން ލިބެންފެޖޭ ފައިސާކަމަށް މޯލްޑިވް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ބުނެފިއެވެ.
މީރާއިން ބުނީ ރަޖިސްޓްރާރ އޮފް ކޮމްޕެނީސް އިން 2017 ވަނަ އަހަރު އުވާލުމަށް ނިންމާފައިވާ 5،772 ކުންފުންޏަކުން ލިބެންޖެހޭ 189.6 މިލިއަން ރުފިޔާ ނުލިބިވާއިރު 1317 ކުންފުންޏަކުން 8.2 މިލިއަން ރުފިޔާ 2018 ވަނަ އަހަރުގެ ނިޔަލަށް ލިބެންޖެހޭ ކަމުގައެވެ.

ގިނަ އަދަދެއްގެ ކުންފިނިތަކެއް އުވާލަން ނިންމީ ރެޖިސްޓްރީ ކުރުމަށްފަހު، ވިޔަފާރީގެ އެއްވެސް މިއާމަލާތެއް ނުކުރާ ކުންފުނިތައް ހުރުމުންކަމަށް އޭރުވަނީ ބުނެފައެވެ.

ވިޔަފާރީގެ މުއާމަލާތެއް ނުހިންގި ނަމަވެސް ޓެކްސްއާއި ގުޅޭ ބަޔާންތައް ހުށަނާޅާނަމަ ހަމަޖެހިފައިވާ އުސޫލުން މީރާއިން ވިޔަފާރިތައް ޖޫރިމަނާ ކުރެއެވެ.
މީރާ
ހިޔާލު

ކާލި

ހުރިހާ މީހުންވެސް ހުރިހާތަނަކުންވެސް ރިބާ ކެއުން ހުއްޓާލަން ވެއްޖެ ނުންތޯ އޭރުން ޤައުމުގެ ހުރިހާ މާލީ އިޤުތިސާދީ ކަންކަން ރަގަޅުވާނެ ކަން ޔަޤީން ކުރެވޭ!

ހުސެން

އެއްވެސް ވިޔަފާރިއެއް ނުކޮއް އޮތް ކުންފުނިތަކުން ފައިސާ ނެގުން ތީ ގޯހެއް.

ކޮލެޖު ބޯއި

އެއީ ނުންތޯ މީރާ އިން ވިލާ ކުންފުނި ދަރުވާ، އަގުވައްޓާ، ފުލުހުން ފޮނުވައިގެން ރިސޯޓުގެ ތަންތަން ތަޅު އެޅުވި ގޮތް. މީރާއިން ސަރުކާރުގެ ސިޔާސީ ބޮޑުންގެ ވިސްނުމަށް ދައްކަފާނެ ކޮންމެ ވެސް ކުންފުންޏެއްގެ ދަރަނި އޮތް ވާހަކަ. ދެން އެދަރަނި ސާބިތުކަމަށް ޔާމީނު ސަރުކާރުގައި ހެކި ދައްކާނީ އާޒިމާ. އެކަމަކު ކޯޓުން އެނގޭނީ ހަގީގަތުގައި ކަންތައް ތައް ސަރުކާރު ބޭނުންވާ ގޮތަށް މީރާ ތެރެއިން ތަރުތީބު ވެގެން ދިޔަގޮތް

ޗެސްބެ

ވިޔަފާރި ނުކުރާ ކުންފުނިތައް ޖޫރިމަނާއެއްވެސް ނުކުރެވޭނެ އަދި ބަޔާން ހުށަހަލާކަށްވެސް ނުޖެހޭނެ! ވިޔަފާރި ކުރޭތޯ ބެލުމަކީ މީރާގެ ޒިންމާއެއް! ވިޔަފާރިކުރާ ކުންފުނިތަކަށްވުރެ ނުކުރާ ކުންފުނިތަކުން ލިބެންޖެހޭ ޖުރިމަނާ މާގިނަ! ހެއްވާ!

ޢާދަމް

ފުރަތަމަ ހީކުރީ މިއީ ވަގަށް ނެގި ފައިސާއިން ބައެއް ކަމަށް. މީރާ ދިވެހިން ތިޔަ ބިރުވެރި ކަމުން ސަލާމަތް ކުށްދޭން މިސަރުކާރުވަނީ ފޫގަޅާފައި.

ބީވާ

ކިހާ މޮޅު. ޖޫރިމަނާ ޖަހައިގެން އަދަދު ބޮޑު ކޮށްފަ. އަޖައިބެއް ކަހަލަ މީރާ އެއް ތިޔައީ