#MDPPrimary2019 ge vaguthee natheeja iulaan kuran fashaifi
image
0 ކޮމެންޓް
 

އެމްޑީޕީ މަޖިލިސް ޕްރައިމަރީގެ ވޯޓްލުން ފެށިގެން ކުރިއަށް ދަނީ

ލައިވް ކަވަރޭޖް
00:42
19/01/2019
މަޖިލިސް 2019 ގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރެއްވި އެމްޑީޕީގެ ލީޑަރޝިޕްގެ ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން ޓިކެޓް ކާމިޔާބު ކުރައްވައިފިއެވެ.

ޓިކެޓް ކާމިޔާބު ކުރެއްވި ބޭފުޅުންގެ ތެރޭގައި މައްޗަންގޮޅި މެދު ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވި ރާއްޖޭގެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުއާއި ހެންވޭރު އުތުރު ދާއިރާއަށް ވާދަކުރެއްވި އެމްޓީޕީގެ ޗެއާޕާފަސް ހަސަން ލަތީފު ހިމެނިވަޑައިގަންނަވައެވެ.

ހުޅުމާލެ ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޒާޒުވެސް ވަނީ ޓިކެޓް ކާމިޔާބު ކުރައްވާފައެވެ. ނަމަވެސް މާފަންނު މެދު ދާއިރާއަށް ވާދަކުރެއްވި އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރަށްވަނީ ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގެންފައެވެ.

އަނަސްއާއި ވާދަކުރައްވާ އެދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވީ 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު، ބޮންޑޭ އެވެ.

މިއަދު ބޭއްވި ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާގޮތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއާއި ހިތަދޫ މެދު ދާއިރާގެ މެމްބަރު ބުރިގޭޑިއާ ޖެނެރަލް އިބްރާހިމް ދީދީއާއި ހެންދޭރު ދެކުނު ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އަށްވެސް ވަނީ ޕްރައިމަރީގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައި ގެންފައެވެ.
00:29
19/01/2019
ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ މީކާއީލް ނަސީމް
23:50
18/01/2019
ގަލޮޅު ދެކުނު ދާއިރޭގެ ވޯޓް އިމާދުއްދީން ސްކޫލްގައި ކުރިއަށް އަދިނކޮށް ބަޔަކު އެސަރަހައްދަށް ކަޅުތެޔޮ ޖަހައިފި
23:46
18/01/2019
ތޮއްޑޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރައްވީ ހަސަން ޝިޔާން
23:45
18/01/2019


23:45
18/01/2019
ފޮނަދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވަނީ ގާނޫނީ ވަކީލް މޫސާ ސިރާޖް
23:43
18/01/2019
ކުރީގެ ބަންޑާރަ ނައިބު އަދި ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ފާތިމަތު ދިޔާނާ ސައީދު އާއި ވާދަކުރައްވާ ވިލިނގިލީ ދާއިރާގެ ޓިކެޓް ކާމިޔަބު ކުރެއްވީ ހާރޫން ރަޝީދެވެ. ޖާބިރަށްވަނީ ކާށިދޫ ދާއިރާގެ ޕްރައިމަރީވެސް ނާކާމިޔާބު ވެފައެވެ.
23:40
18/01/2019
އެމްޑީޕީ ޕްރައިމަރީގައި ހިތަދޫ މެދު ދާއިރާގެ ޓިކެޓް އަހްމަދު ރަޝީދު ކާމިޔާބު ކުރައްވައިފި. ހިޔަލީ މުހައްމަދު ރަޝީދުގެ ކޮއްކޮ އަހުމަދު ރަޝީދު ޓިކެޓް ކާމިޔާބު ކުރެއްވީ މިހާރުގެ އެދާއިރާގެ މެމްބަރު ބްރިގޭޑިއަރ ޖެނެރަލް އިބްރާހިމް ދީދީއާއި ވާދަކުރައްވައިގެންނެވެ
23:14
18/01/2019
ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީ ޓިކެޓް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފުވަނީ ކާމިޔާބު ކުރައްވާފައި
23:06
18/01/2019
ތިމަރަފުށީ ދާއިރާގެ ޓިކެޓް މިހާރުވެސް އެދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ކަމިޔާބު ކުރެއްވިއިރު އައްޑޫ މީދޫ ދާއިރާގެ ޓިކެޓް ކާމިޔާބު ކުރެއްވީ މިހާރުވެސް އެދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.
22:38
18/01/2019
ވައިކަރަދޫ ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ނާޒިމްއާއި، ކާށިދޫ ދާއިރާއަށް ވާދަކުރެއްވި އެދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރަށްވަނީ ޕްރައިމަރީގައި ނާކާމިޔާބީއާއި ކުރިމަތިވެވަޑައިގެންފައެވެ. މިދާއިރާގެ ޓިކެޓް ކާމިޔާބު ކުރައްވާފައިވަނީ ހުސައިން ޒިޔާދު
22:38
18/01/2019


22:32
18/01/2019
ހުޅުމާލެ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވަނީ އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒު
22:32
18/01/2019
ތުޅާދޫ ދާއިރާގެ ޓިކެޓް ކާމިޔާބުކުރެއްވީ ގާނޫނީ ވަކީލާ ހިސާން ހުސައިން
22:27
18/01/2019
މައްޗަންގޮޅި މެދު ދާއިރާގެ އެމްޑީޕީ ޓިކެޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުވަނީ ކާމިޔާބު ކުރައްވާފަ
22:22
18/01/2019
ކިނބިދޫ ދާއިރާގެ ޓިކެޓް ކާމިޔާބުކުރައްވާފައިވަނީ މަޖިލީހުގެ އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޝިޒް، ނާޝިޒްއަކީ މީދޫ ދާއިރާގެ މިހާރުގެ މެމްބަރު ރޮޒައިނާ އާދަމްގެ ފިރިކަލުން
22:22
18/01/2019
ކެނދިކުޅުދޫ ދާއިރާގެ ޕްރައިމަރީ ކާމިޔަބު ކުރައްވާފައިވަނީ މަޖިލީހުގެ ކެނދުކުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު އީސާ
22:08
18/01/2019
ގަމުދާއިރާގެ އެމްޑީޕީ ޕްރައިމަރީ ރާއްޖެޓީވީގެ ކުރީގެ ނޫސްވެރިޔާ މުހައްމަދު ވިސާމް ކާމިޔާބުކޮށްފި
21:41
18/01/2019


21:29
18/01/2019


21:25
18/01/2019
ހަނިމާދޫ ދާއިރާގެ ޕްރައިމަރީގައި މާލޭ ފޮއްޓާއި ހަނިމާދޫ އަދި ނައިވާ ދޫ ފޮށީގެ ނަތީޖާ އިއުލާނުކޮށްފައިވާއިރު، އެދާއިރާއަށް ކުރިމަތިލެއްވި އަބްދުލްޤަފޫރު މޫސާ މިހާތަނަށްވަނީ 90 އިންސައްތައަށް ވުރެ ގިނަ ވޯޓް ހޯދާފައެވެ.
21:10
18/01/2019
ބައެއް ވޯޓް ފޮށިތަކުގެ ނަތީޖާ ޢިއުލާނުކުރަން ފަށައިފި
20:54
18/01/2019


20:54
18/01/2019


18:53
18/01/2019
ނަމަވެސް ވޯޓް ލުމަށް ކިއުގައި މީހުން ނެތް ދާއިރާތަކުގެ ވޯޓް ފޮށިތައް 8:30 ގައި ބަންދުކުރާނެކަމަށް އެމްޑީޕީން ބުނެއެވެ.
18:52
18/01/2019
މިއަދު ކުރިއަށްދާ އެމްޑީޕީ މަޖިލިސް ޕްރައިމަރީގެ ވޯޓް ލުމުގެ ވަގުތު މިރޭ 9:30 އަށް އިރުރުކޮށްފިއެވެ.
18:50
18/01/2019


18:50
18/01/2019


18:49
18/01/2019


15:02
18/01/2019
މިއިންތިޚާބުގައި 279 ކެނޑިޑޭޓުން ވާދަކުރައްވާ ކަމަށާ، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ 86،091 ޕާޓީގެ ދަފްތަރުގައި ހިމެނޭކަމަށް އެމްޑީޕީން ބުނެއެވެ.
15:02
18/01/2019
މީގެ އިތުރުން އިންޑިއާއާއި ސްރީލަންކާ އަދި މަލޭޝިއާގައިވެސް ވޯޓް ފޮށި ބެހެއްޓޭނެކަމަށް އެމްޑީޕީންވަނީ ބުނެފައެވެ.
15:00
18/01/2019
އެމްޑީޕީގެ މަޖިލިސް ޕްރައިމަރީގައި ރާއްޖޭގެ އެކި ހިސާބުގައި 270 ވޯޓު ފޮށި ބެހެއްޓޭނެކަމަށް އެޕާޓީން ބުނެއެވެ.
15:00
18/01/2019


15:00
18/01/2019


15:00
18/01/2019


15:00
18/01/2019


ރާއްޖޭގެ ސިސާސީ ޕާޓީއަކުން ބާއްވާ އެތެރޭގެ އެންމެ ބޮޑު އިންތިހާބުކަމަށްވާ، އެމްޑީޕީގެ މަޖިލިސް ޕްރައިމަރީ 2019 މިއަދު 14:00 ފެށިގެން ކުރިއަށް އެބަ ދެއެވެ. dhi2
މަޖިލިސް އެމްޑީޕީ
ހިޔާލު