Mexico gai theyo holhieh govai 21 meehaku maruvejje
image
ތެޔޮ ހޮޅި ގޮވި ސަރަހައްދުގައި ސިފައިން ފޯރިމަރަނީ.-- ފޮޓޯ: އޭއެފްޕީ
0 ކޮމެންޓް
 

މެކްސިކޯގައި ތެޔޮ ހޮޅިއެއް ގޮވައި 21 މީހަކު މަރުވެއްޖެ

މެކްސިކޯގައި ތެޔޮ ހޮޅިއެއް ގޮވައި 21 މީހަކު މަރުވެ، 71 މީހަކު ޒަހަމްވެއްޖެ އެވެ.
ތެޔޮ ހޮޅި ގޮވީ ހިޑާލްގޯ ސްޓޭޓްގައި ކަމަށާއި، އެކަން ހިނގަން މެދުވެރިވީ ބަޔަކު އެ ހޮޅި ފަޅާލައިގެން ވަގަށް ތެޔޮ ނަގަން އުޅުމުގެ ތެރޭގައި ކަމަށް ލަފާކުރެވޭ ކަމަށް މެކްސިކޯގެ އޮފިޝަލުން ބުނެ އެވެ. އަދި ހޮޅި ގޮވި ވަގުތަކީ ތެޔޮ ގަންނަން އެ ހޮޅި އެތައް ބަޔަކު އެއްވެފައިވާ ވަގުތެއް ކަމަށް އޮފިޝަލުން ބުނެ އެވެ.

މެކްސިކޯގެ ޓީވީތަކުން ދެއްކި ވީޑިއޯތަކުގައި ތެޔޮ ހޮޅީގައި އަލިފާން ރޯވެފައިވާއިރު، އެ ސަރަހައްދުގައި އެތައް ބަޔަކު ވަރަށް ބޮޑަށް ފިހިފައި ތިބޭތަން ފެނެ އެވެ.

ތެޔޮ ހޮޅީފައި އަލިފާން ރޯވީ ވަގުން، ހޮޅި ފަޅާލައިގެން ތެޔޮ ނަގަން އުޅުމުގެ ތެރޭގައި ހިނގި ކަމަކުން ކަމަށް، އެ ގައުމުގެ ސަރުކާރުގެ ތެޔޮ ކުންފުނިން ވެސް ވަނީ ބުނެފަ އެވެ.

ހަމަނުޖެހުން ބޮޑު މެކްސިކޯގެ ތެޔޮ ހޮޅިތަކުން ވައްކަން ކުރުމަކީ ވަރަށް އާންމު ކަމެކެވެ. އެގޮތުން މިދިޔަ އަހަރު އެކަނި ވެސް އެ ގައުމުން ތިން ބިލިޔަން ޑޮލަރުގެ ތެޔޮ ވަގަށް ނެގި ކަމަށް ސަރުކާރުން ބުނެ އެވެ.

ޑްރަގް ގޭންގުތަކުގެ ބާރު ގަދަވެފައިވާ ގައުމުގެ ވެރިކަމާ މިދިޔަ ޑިސެންބަރު މަހު ހަވާލުވެވަޑައިގެންނެވި މަނުއަލް ލޮޕޭޒް އޮބްރާޑޯ ވަނީ ތެލުގެ ވައްކަން ހުއްޓުވުމަށް ޚާއްސަ މަސައްކަތްތަކެއް ފައްޓާވާފަ އެވެ. އެގޮތުން ޚާއްސަ ޕޮލިސް އޮޕަރޭޝަންތައް ހިންގައި، ކަޅު ބާޒާރުގައި ތެޔޮ ވިއްކުން ހުއްޓުވުމަށް ސަރުކާރުން އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

ހިޔާލު