Trump aai Kimge dhe vana bahdhaluv anna mahu
image
ޓްރަމްޕް އާއި ކިމް ސިންގަޕޫރުގައި ބައްދަލު ކުރެއްވުމުގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ
0 ކޮމެންޓް
 

ޓްރަމްޕާއި ކިމްގެ ދެ ވަނަ ބައްދަލުވް އަންނަ މަހު

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުންގެ ދެ ވަނަ ބައްދަލުވުން އަންނަ މަހުގެ ފަހުކޮޅު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެކަން އިއުލާނު ކުރީ އުތުރު ކޮރެއާ އިން މަޝްވަރާތަކުގައި އިސްކޮށް އުޅުއްވާ ކިމް ޔޮން-ޗޮލް އާ އެކު ޓްރަމްޕް ވައިޓް ހައުސްގައި ބައްދަލުކުރެއްވުމަށް ފަހު، ވައިޓް ހައުސް އިންނެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި އެ ބައްދަލުވުމުގައި އުތުރު ކޮރެއާ ލީޑަރުގެ ޚާއްސަ ސިޓީފުޅެއް، ޔޮން-ޗުލް ވަނީ ޓްރަމްޕަށް އަރުވާފަ އެވެ.

ދެ ލީޑަރުން އެންމެ ފުރަތަމަ ބައްދަލު ކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހު، ސިންގަޕޫރުގަ އެވެ. އެ ބައްދަލުވުމުގައި އުތުރު ކޮރެއާ އިން ނިއުކުލިހާ ހަތިޔާރު އުފެއްދުމަށް ކުރާ މަސައްކަތް ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، އެ ބައްދަލު ވުމަށް ފަހު އެކަމަށް އަދި ވަނީ މާ ބޮޑު ކުރިއެރުންތަކެއް ނުލިބި އެވެ.

ދެ ވަނަ ބައްދަލުވުން އަންނަ މަހު ފަހުކޮޅު ބާއްވާނެ ކަން އިއުލާނުކުރި އިރު، އެ ބައްދަލުވުން ބާއްވާނެ ތަނެއް އަދި ހާމައެއް ނުކުރެ އެވެ. ނަމަވެސް އެ ބައްދަލުވުން ވިއެޓްނާމުގައި ބާއްވަން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.
ހިޔާލު