Photograph anna march mahu cinema thakah!
image
"ފޮޓޯގްރާފް" ގެ ލީޑު ދެތަރިން ކަމަށްވާ ނަވާޒުއްދީނާއި ސާނިއާ...
0 ކޮމެންޓް
 

"ފޮޓޯގްރާފް" އަންނަ މާޗް މަހު ސިނަމާތަކަށް ގެންނަން ނިންމައިފި

ކުޅަދާނަ ޑައިރެކްޓަރު ރިތޭޝް ބަޓްރާގެ ކުރިޔަށް އޮތް ފިލްމު "ފޮޓޯގްރާފް" އަންނަ މަހު މާޗު މަހުގެ އަށްވަނަ ދުވަހު ސިނަމާތަކަށް ގެންނަން ނިންމައިފިއެވެ.
ފިލްމުގެ ލީޑު ރޯލުން ނަވާޒުއްދީން ސިއްދީގައި ސަންޔާ މަލްއުތުރާ ފެނިގެންދާ "ފޮޓޯގްރާފް" ބެލުންތެރިންނަށް ދެއްކުމުގެ ކުރިން މި މަހުގެ ތެރޭގައި ފަށާ ސަންޑާންސް ފިލްމު ވެސްޓިވަލްގައި ފިލްމު ޕްރިމިއާ ކުރާނެއެވެ.

މި މަހުގެ ތެރޭގައި ފަށާ ސަންޑާންސް ފިލްމު ވެސްޓިވަލްގައި "ފޮޓޯގްރާފް" ޕްރިމިއާ ކުރާއިރު އަންނަ މަހު ބާއްވާ 69 ވަނަ ބާލިން އިންޓަނެޝަނަލް ފިލްމު ފެސްޓިވަލް (ބީއައިއެފްއެފް) ގައި ވެސް އެ ފިލްމު ޕްރިމިއާ ކުރަން ވަނީ ނިންމާފައެވެ.

އެ ފިލްމުން ދައްކުވައިދޭނީ ކާމިޔާބު ފޮޓޯގްރަފަރަކަށް ވާން މަސައްކަތް ކުރާ ފިރިހެނަކު ކައިވެނި ނުކޮށްގެން އޭނާގެ މާމަ ކުރާ ޕްރެޝަރުތަކެއްގެ ސަބަބުން ދިމާވާ މައްސަލަތަކެކެވެ. އަދި އެހެން އުޅުމުގެ ތެރޭގައި ސަންޔާ އާއި ނަވާޒުއްދީން ދިމާވާ މަންޒަރު ފެންނާނެއެވެ.

ރިތޭޝްގެ އެ ފިލްމަށް ގިނަ ބަޔަކު އުންމީދު ކުރަމުން އަންނަ އިރު 2013 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ދަ ލަންޗް ބޮކްސް" އަކީ އޭނާ އަށް އެތައް ބައެއްގެ ތައުރީފު އޮހިގެންދިޔަ ފިލްމެކެވެ.
ނޯޓް: މިލިޔުމަކީ އޮންލައިން ނިއުސް ސީއެންއެމްގައި ޝާއިޢު ކުރެވިފައިވާ ލިޔުމެކެވެ.
ހިޔާލު