Film Thakah Kaamiyaabu Nulibeythee Faiy Vihkaigen Aamudhanee Hoadhin: Nawazuddin
image
ނަވާޒުއްދީން--
0 ކޮމެންޓް
 

ފިލްމުތަކަށް ކާމިޔާބީ ނުލިބޭތީ ފަތް ވިއްކައިގެން އާމްދަނީ ހޯދިން: ނަވާޒުއްދީން

ބޮލީވުޑަށް ތައާރަފުވި ދުވަސްވަރު ފިލްމުތަކަށް ބޮޑު ތަރުހީބެއް ނުލިބޭތީ ކޮރިއަންޑާ ފަތް ވިއްކައިގެން އާމްދަނީ ހޯދި ކަމަށް ބޮލީވުޑުގެ މަޝްހޫރު ތަރި ނަވާޒުއްދީން ސިއްދީގީ ހާމަކޮށްފި އެވެ.
ނަވާޒުއްދީންގެ ކުރިއަށް އޮތް ފިލްމު، "ތަކެރީ" އަށް މިހާރު ގިނަ ބަޔަކު އިންތިޒާރު ކުރަމުން އަންނައިރު ދާދިފަހުން ނަވާޒުއްދީން އާއި އެފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާ އަމްރިތާ ރާއޯ ވަނީ ފިލްމުގެ ޕްރޮމޯޝަނަށް މަޝްހޫރު ކޮމޭޑިއަން ކަޕިލް ޝަރްމާ ހުށަހަޅާ ޝޯގައި ބައިވެރިވެފައެވެ.

ޝޯގެ ތެރެއިން އުމުރުން 44 އަހަރުގެ ނަވާޒުއްދީން ވަނީ އޭނާގެ ފިލްމީ ކެރިއަރު ފެށި ދުވަސްވަރު ކުރިމަތިވި ދަތިތަކުގެ ވާހަކަތައް ހިއްސާކޮށްފައެވެ. އެގޮތުން ފިލްމުތަކަށް ބެލުންތެރިންގެ ފަރާތުން ބޮޑު ތަރުހީބެއް ނުލިބޭތީ އަތް މަތި ދަތިވެ ފަތް ވިއްކަން ނުކުންނަން ޖެހުނު ދުވަސްތައް ވެސް ޝޯގެ ތެރެއިން އޭނާ ވަނީ ހަނދާން އާކޮށްފައެވެ.

ނަވާޒުއްދީން ބުނީ، ހޯލްސޭލަރެއްގެ އަތުން 200 އިންޑިއާ ރުޕީސްއަށް ކޮރިއަންޑާ ފަތް އަމިއްލައަށް ވިއްކައިގެން އާމްދަނީ ހޯދަން އޭނާ ގަތް ކަމަށެވެ. އެކަމަކު، ފަތް ކޮޅު ވިއްކާ ނުލެވެނީސް ފަތްތައްވީ ހަލާކު ކަމަށް އޭނާ ބުނެއެވެ. އަދި ފަތްތައް ތާޒާކޮށް ބެހެއްޓުމަށް ފަތްތައް ފެނަށް ލާން ޖެހޭކަން ވެސް އެނގުނީ މާފަހުން ކަމަށް އޭނާ ބުނެއެވެ.

ނަވާޒުއްދީން ބޮލީވުޑަށް ތައާރަފުވީ، 1999 ވަނަ އަހަރު ނެރުނު ފިލްމު ސާފަރޯޝް އިންނެވެ. އަދި 2000 ވަނަ އަހަރު ވެސް އޭނާގެ ތިން ފިލްމެއް ފެނިގެންގޮސްފައިވާއިރު އޭނާ ވަނީ މިހާތަނަށް 45 ފިލްމަށް ވުރެ ގިނަ ފިލްމުގައި މަސައްކަތް ކޮށްފައެވެ. ބޮލީވުޑުގައި މަސައްކަތްކޮށް ގިނަ ބައެއްގެ ލޯބި ލިބިފައިވާ ނަވާޒުއްދީންގެ ތިން ފިލްމެއް މިދިޔަ އަހަރު ފެނުނުއިރު މިއަހަރުގެ އޭނާގެ ފަސް ފިލްމެއް ނެރޭނެއެވެ. އެއީ ތަމަޅަ ފިލްމެއް ކަމަށްވާ "ޕެއްތާ" އާއި "ތަކެރީ" އާއި "ގޫމްކެއްޓޫ" އަދި "ފޮޓޯގްރާފު" ގެ އިތުރުން "މާޑާ 4" އެވެ. އޭނާގެ ފިލްމުތަކަށް މިހާރު ބޮޑު ކާމިޔާބެއް ވެސް އަންނަނީ ލިބެމުންނެވެ.
ހިޔާލު