ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
/
ބޮލީވުޑް
ރަންވީރު ސިންގް--
21 ޖެނުއަރީ 2019
1 ކޮމެންޓް
Tweet
ހޮލީވުޑުގައި މަސައްކަތްކުރަން ރަންވީރު ނޫނެކޭ ބުނި ސަބަބު މިއޮތީ
ބޮލީވުޑުގެ މަޝްހޫރު ބަތަލު ރަންވީރު ސިންގް ވެސް ހޮލީވުޑުގައި މަސައްކަތްކުރަން ޝައުގު އުފެދި ބައެއް ހޮލީވުޑު ފިލްމުތަކުގައި މަސައްކަތް ކުރަން އޮޑިޝަން ދީފައިވާކަން އޭނާ ހާމަކޮށްފި އެވެ.
އުމުރުން 33 އަހަރުގެ ރަންވީރު ދާދިފަހުން ބައިވެރިވި ޗެޓް ޝޯއެއްގައި އެކަން ހާމަކޮށްފައިވާއިރު އޭނާ ބުނީ، ބައެއް ފިލްމުތަކުގައި މަސައްކަތް ކުރަން ފުރުސަތު ލިބުނު ނަމަވެސް އޭނާގެ ބޮލީވުޑުގެ މަސައްކަތްތަކަށް ބުރޫ އަރާތީ އެ ފިލްމުތަކަށް ނޫނެކޭ ބުނަން މަޖުބޫރުވީ ކަމަށެވެ. އެކަމަކު ފުރުސަތު ލިބުނީ ކޮން ހޮލީވުޑު ފިލްމެއްގައި މަސައްކަތް ކުރަންކަން އޭނާ ހާމައެއް ނުކުރެއެވެ.
ބޮލީވުޑުން ބޮޑު ކާމިޔާބެއް ހޯދަމުން އަންނަ ރަންވީރުގެ އަންހެނުން ދީޕިކާ ޕަޑުކޯނު އަދި މަޝްހޫރު ތަރި ޕްރިޔަންކާ ޗޯޕްރާ ވެސް ވަނީ ހޮލީވުޑުގައި މަސައްކަތް ކޮށްފައެވެ. އަދި ޓައިގާ ޝްރަފަށް ވެސް ހޮލީވުޑުގެ ފިލްމެއްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.
ހޮލީވުޑުގައި މަސައްކަތް ކުރަން ކިތަންމެ ބޭނުންވިއަސް ރަންވީރު މިވަގުތު ބޭނުންވަނީ އޭނާގެ ބޮލީވުޑުގެ ފިލްމުތަކަށް ބޮޑަށް އިސްކަންދޭށެވެ. ކާމިޔާބު ގިނަ ފިލްމުތަކެއްގައި ފެނިފައިވާ ރަންވީރުގެ އެންމެ ފަހުގެ ފިލްމު ސިމްބާއަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު އޭނާ މިހާރު އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމު ގަލީ ބޯއީގެ ޕްރޮމޯޝަންތަކަށް ތައްޔާރީތައް ވަމުންނެވެ.
ގުޅުންހުރި
ބޮލީވުޑް
މުނިފޫހިފިލުވުން
ރަންވީރް ސިންގް
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
ޢާއުޝާ
ފޮނި ކަނޑަނީ
އެންމެފަސް
ކަނޑު ގަދަވާނެ ސަމާލުވޭ: މެޓް
8 ގަޑިއިރު ކުރިން
މަސް ކުންފުނިތަކަށް ދީފައިވާ އެކްސްކްލޫސިވިޓީ އުވާލަން ނިންމައިފި
8 ގަޑިއިރު ކުރިން
ގެއްލިގެން ހޯދި ކުއްޖާ ހޭނެތިފައި އޮއްވާ ފެނިއްޖެ
9 ގަޑިއިރު ކުރިން
13 އަހަރުގެ ކުއްޖާގެ މައިންބަފައިން ހައްޔަރުކޮށްފި
9 ގަޑިއިރު ކުރިން
ނަޝީދު މަހާތުމާ ގާންދީއަށް ހެޔޮ ދުއާކޮށްދިމުން ފާޑުކިޔައިފި!
10 ގަޑިއިރު ކުރިން