Salaamathee Fiyavalhaeku Nooney Moodhah Neyrumah Fuluhun Edhijje
image
ރިސޯޓެއް--
1 ކޮމެންޓް
 

ސަލާމަތީ ފިޔަވަޅާއެކު ނޫނީ މޫދަށް ނޭރުމަށް ފުލުހުން އެދިއްޖެ

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މޫދުގައި ހިނގާ ހިތާމަވެރި ހާދިސާތައް މިދުވަސްވަރު އިތުރުވަމުންދާތީ މޫދަށް އެރި އުޅުމާއި މޫދުގައި އެކި އެކި ކުޅިވަރުގެ ހަރާކާތްތައް ހިންގުމުގައި ސަލާމަތީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.
ފުލުހުން މިއަދު ނެރުނު ނޫސްބަޔާނުގައި ބުނީ، ފަތުރުވެރިންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ ފަރާތްތައް މޫދަށް އެރިއުޅުމުގައި ރައްކާތެރިކަމަށް އިތުރަށް ފަރުވާތެރިވުމަށް އިލްތިމާސް ކުރާ ކަމަށެވެ. އަދި މިދުވަސްވަރަކީ އިރުވައި މޫސުމުގެ ވަޔާއެކު އޮއިވަރުވެސް ބާރު ދުވަސްވަރެއް ކަމުން ކުޑަކުދިންނާއި ފަތަން ނުދަންނަ މީހުން މޫދަށް އެރިއުޅުމުގައި ވަރަށް ބޮޑަށް ފަރުވާތެރިވުމަށާއި ފަތުރުވެރިން މޫދަށް އެރި އުޅުމުގައިވެސް ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް އިތުރަށް ސަމާލުވާން ޖެހޭ ކަމަށް ފުލުހުންގެ ބަޔާނުގައި ފާހަގަކުރެއެވެ.

މީގެއިތުރުން ފުލުހުން ބުނީ، މޫދުގައި ފަތުރުވެރިންނަށް ދިމާވާ ހިތާމަވެރި ހާދިސާތައް ތަކުރާރުވަމުން ދިއުމާއި ގުޅިގެން ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް މިހާރަށްވުރެ ހަރުދަނާކުރުމަށާއި އެފަދަ ހާދިސާތައް މަދު ކުރުމަށްޓަކައި ހިދުމަތްދޭ ފަރާތްތަކާއި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

މި އަހަރުގެ މިހާތަނަށް މޫދުގައި ހަތަރު ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިފައިވާއިރު ގެނބެނިކޮށް ބައެއް މީހުން ސަލާމަތްކޮށްފައި ވެސް ވެއެވެ.

ގެނބިގެން މަރުވުމުގެ ހާދިސާތައް އިތުރުވަމުންދާތީ ޓުރިޒަމް މިނިސްޓްރީން ވަނީ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ފަތަން ރައްކާތެރި ސަރަހައްދެއް ކަނޑައަޅަން ނިންމައި އެކަމާ ބެހޭ މަޝްވަރާތައް ރަށު ކައުންސިލާއެކު ފަށާފައެވެ.
ހިޔާލު

ކޮލެޖު ބޯއި

ރިސޯޓުތަކުގައި ލައިފް ގާޑުން ގިނަ ކުރަން ފެނޭ. ކުޑަ ކޮށް ފަތަން ދަންނަ މީހުން، އުމުރުން ދުވަސްވެފައި ތިބި މީހުން، ބަލިބަލި ހުރި މީހުން އެރެން ހިމާޔަތް ކުރެވިފައިވާ ހާއްސަ ސަރަހައްދެއް ކަނޑއަޅަން ފެނޭ