Civil court ge gazee Haleem isthiufaa dhehvaifi
image
ގާޒީ ހަލީމް 2013 ވަނަ އަހަރު ގާސިމް ކެމްޕޭން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން.-- ފޮޓޯ: ވީނިއުސް
6 ކޮމެންޓް
 

ސިވިލް ކޯޓުގެ ގާޒީ ހަލީމް އިސްތިއުފާ ދެއްވައިފި

ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމް މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ހަލީމް އިސްތިއުފާ ދެއްވައި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، އިސްތިއުފާ ދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުޑިޝަރީ އިސްލާހު ކުރުމަށް ކުރައްވާ މަސައްކަތަށް އެއްބާރުލުން ދިނުމަށް ކަމަށެވެ.

އެގޮތުން ރައީސް ސޯލިހުގެ ޖުޑިޝަލް ރިފޯމް އެޖެންޑާ އަށް އެއްބާރުލުން ދިނުމުގެ ގޮތުން ހުރިހާ ކޯޓުތަކަށް ފަނޑިޔާރުން އަލުން އައްޔަން ކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން، މިހާރު ތިއްބެވި ހުރިހާ ފަނޑިޔާރުން އިސްތިއުފާދޭން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ހަލީމްގެ ސިޓީގައި ބުނެ އެވެ.

ހަލީމް މިއަދު އިސްތިއުފާ ދެއްވިއިރު، މީދެ ދެތިން ދުވަސް ކުރިން ވަނީ މާލީ ބަޔާން ވެސް އާންމު ކުރައްވާފަ އެވެ. އެގޮތުން މާލީބަޔާނުގައި ވާގޮތުން މިދިޔަ އަހަރު މުސާރާގެ ގޮތުގައި ހަލީމަށް ލިބިލެއްވީ 360،000ރ. ކަމަށެވެ. އެލަވަންސްގެ ގޮތުގައި 211،800ރ. ލިބިލެއްވި އިރު ކުލީގެ ގޮތުގައި 400،000ރ. ލިބިފައި ވެއެވެ.

އޭގެ އިތުރުން ގާޒީ ހަލީމްގެ މިލްކިއްޔާތުގައި ހުރީ 78،000ރ.ގެ ޕީސީއެކްސް ސައިކަލަކާއި، ފަޅުވެރިންނާ އެކު ނުވަ މީހުންނަށް އެރޭ ވަރުގެ 390،000ރ.ގެ އަގުހުރި ލޯންޗެކެވެ. ދަރަނީގެ ގޮތުގައި މާލީ ބަޔާނުގައި ހިމަނާފައިވަނީ ލޯންޗުގެ އިންޖީނު ގަތުމަށް އިސްލާމިކް ބޭންކުން ނަގާފައިވާ ލޯނަށް ނުދައްކާވާ 98،065.76ރ. އާއި ބީއެމްއެލްގެ ލުއި ލޯނުގެ 92،972.17ރ. އެވެ.

ގާޒީ ހަލީމަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ގާސިމަށް އިންތިހާބު ނާކާމިޔާބުވުމުން، އިންތިހާބުގެ ނަތީޖާ ބާތިލް ކުރަން ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލާގައި ވެސް ގާނޫނީ ގޮތުން އިސްކޮށް އޭނާ އުޅުއްވި އެވެ. ގާޒީއެއްގެ ގޮތުގައި ސިވިލް ކޯޓަށް ގުޅިވަޑައިގެންނެވީ އެއަށް ފަހު އެވެ.
ހިޔާލު

މިވެސް ގޮތެއް

މާލީ ބަޔާން ދިމާ ނުވޭ ނޫންތޯ؟ ސިވިލް ކޯޓުގެ މުވައްޒަފުންނަށް އަމިއްލަ ޚަރަދުގައި އުމްރާ ދަތުރާއި، އަގު ބޮޑެތި ސެންޓު ފުޅިއާއި މިނޫންވެސް އަގު ބޮޑެތި ތަކެތި ދޭއިރު، މާލި ބަޔާނުގައި ތިޔަ ދައްކާ މަންޒަރު ސާފުނުވާކަން ފާހަގަކުރެވޭ.

އައްޑޫ ކޮއްޔާ

ޖޭޕީ ޓިކެޓުގައި މަޖިލިހަށް ވަންނަން އިސްތިއުފާދިނީ...

އަލީމް

ކާނިވާގައި އޮތް ޕީޕީއެމް ޖަލްސާގެ ޕޯޑިއަމްއަށްއެރިތާ ހަފްތާއެއް ނުވަނީ ފަނޑީޔާރުކަން ލިބުނު މީހެއް މިއީ. ޔާމީނަށް ސަނާކިޔަން މިހާރު ކޯޓުގައި ހުރެގެން ކުރެވޭނެ ކަމެއް ނެތީމާ ދެން މަޖިލީހުގެ ގޮނޑިއަކާ ދިމާލަށް ދުވަނީ.

އަހުމަދު

ކެޔޮކޭވަރު އިނގިދާނެތީ އަވަހަށްބޭރުވެގަތީ ކަންނޭގެއެއްނު.

ޖަމަލު

ހަލީމް ނުވާނެ ކޯޓާ ކައިރި ކުރަންވެސް

ކަލްމޫ

ތިކޯޓްގެ ޤާޒީން ނަކީ އާންމުކޮށް އިސްތިއުފާ ދީދީ ތިބޭ ބަޔެއް ނުންތޯ؟