Duniyeyge Enme Dhuvasvee Meehaa Maruvehje !
image
މަސާޒޯ ޚޭކު ކަނީ.-- ފޮޓޯ : ގިނިސް ވޯލްޑް ރެކޯޑް
ޝާދިން މުހައްމަދ
0 ކޮމެންޓް
 

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ މަރުވެއްޖެ

ދުނިޔޭގެ އެންމެ ދުވަސްވީ މީހާ ކަމުގެ ގިނީސް ވޯލްޑް ރެކޯޑު އޮތް ޖަޕާނު މީހާ މަރުވެއްޖެ އެވެ.
މަސާޒޯ ނޮނަކާ އަކީ ދުނިޔޭގެ އެންމެ ގިނަ ދުވަސްވީ މީހާ ކަމުގެ ރެކޯޑު އޮތް ޖަޕާނުގެ 113 އަހަރުގެ ރަތްޔިތެކެވެ. އޭނާ ވަނީ މި މަހު 20 ވަނަ ދުވަހު މަރުވެފައެވެ. އޭނާ މަރުވީ ގޭގައި ނިދާފައި އޮއްވާކަމަށް އޭނާގެ ކާފަދަރިއެއްކަމަށްވާ ޔުކޯ ބުނިއެވެ.

"ކާފަގެ އެއްވެސް ބޮޑު ބައްޔެއް ވެސް ނެތް. އަސްލު ވަރަށް ހިތްހަމަ ޖެހޭ ކާފަ ގުދުރަތީ މަރެއްގައި މަރުވީމަ،" ޔުކޯ ބުނިއެވެ.

ދުނިޔޭގެ އެންމެ ދުވަސްވީ މިހާގެ ދުނިޔޭގެ ރެކޯޑް މަސާޒޯ އަށް ލިބުނީ 2018ވަނަ އަހަރުގެ އޭޕްރިލް މަހުއެވެ. އޭރު އޭަނާގެ އުމުރުން 112 އަހަރާއި 259 ދުވަސް ފުރިފައިވެއެވެ.

މަސާޒޯ އަކީ ބޮޑު އާއިލާއެއްގެ ވެރިއެކެވެ. އޭނާގެ ހަތް ބެއިންގެ އިތުރުން އަންބަކާއި، ފަސް ދަރިން ތިބެއެވެ.

އޭނާގެ އާއިލާ އަކީ "ހޮޓް ސްޕްރިންގު އިން" ނުވަތަ ހޮޓެލް ތަކެއްގެ ވެރިންނެވެ. މަސާޒޯގެ އާއިލާ މި ވިޔަފާރިކުރާތާ 106 އަހަރު ވެެއްޖެއެެވެ. މިހާރު މި އާއިލީ ވިޔަފާރި ބަލަހައްޓަނީ ޔުކޯ އެވެ.

ޖަޕާނަކީ މިހާރު ދުނިޔޭގެ އެނމް ގިނައިން ދުވަސްވީ މީހުން އުޅޭ ގައުމެވެ. އެގޮތުން ސެޕްޓެމްބަރު 2018 ގައި ހެދި ސާވޭ އެއްގައި ދައްކާ ގޮތުން ޖަޕާނުގައި 100 އަހަރަށް ވުރެ އުމުރުން ދޮށީ 69،785 މީހުން އެގައުމުގައި ދިރިއުޅެއެވެ.
ހިޔާލު