Fihaalhohi resort gai fathuruveriaku maruvefai ohvaa fenihje
image
ފިހާޅޮހި ރިސޯޓް: މަރުވެފައި އޮއްވާ ފެނުނީ އިޓަލީ މީހަކު.
0 ކޮމެންޓް
 

ފިހާޅޮހި ރިސޯޓުގައި ފަތުރުވެރިއަކު މަރުވެފައި އޮއްވާ ފެނިއްޖެ

ފިހާޅޮހި ރިސޯޓުގައި ޗުއްޓީ ހޭދަކުރަމުން ދިޔަ ފަތުރުވެރިއަކު މަރުވެފައި އޮއްވާ މިއަދު ފެނިއްޖެ އެވެ.
ފުލުހުން ބުނީ އެ ރިސޯޓުގައި ފަތުރުވެރިއަކު މަރުވިކަމުގެ ރިޕޯޓް މިއަދު 9:20 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށެވެ. އަދި މަރުވެފައި އޮއްވާ ފެނުނީ 74 އަހަރުގެ އިޓަލީ ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް އޭނާގެ މަރުވެފައި އޮއްވާ ފެނުނީ ކިހިނެއް ކަމެއް ސާފެއް ނުވެ އެވެ. އަދި މަރުވެފައި އޮއްވާ ފެނުނު އިރު އޭނާ އަށް އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމެއް ނުވަތަ ނޫން ކަމެއް ވެސް ސާފެއް ނުވެ އެވެ.

އެނގިފައިވާ ގޮތުގައި އަނބިމީހާ އާ އެކު ޗުއްޓީ ހޭދަކުރަމުން ދަނިކޮށް އޭނާ މަރުވެފައި އޮއްވާ ފެނުނީ، އެ މީހުން އުޅުނު ކޮޓަރި ތެރެއިންނެވެ.
ހިޔާލު