Dhihdhoo Council Ge Raees Magaamun Dhurukuran Petition Ehgai Soi Kuranee
image
ދިއްދޫ ކައުންސިލުގެ ރައީސް އަލީ ހާޝިމް--
0 ކޮމެންޓް
 

ދިއްދޫ ކައުންސިލުގެ ރައީސް މަގާމުން ދުރުކުރަން ޕެޓިޝަނެއް

ހއ. ދިއްދޫ ކައުންސިލުގެ ރައީސް އަލީ ހާޝިމުގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި އޭނާ މަގާމުން ވަކިކުރުމަށް ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފި އެވެ. Dhiraagu
އެ ޕެޓިޝަނުގައި ބުނީ، އިސްލާމު ދީނާއި ގުރުއާނާއި ރަސޫލާއަށް ފުރައްސާރަކޮށް ހަދަމުން އަންނަ ފަރާތްތަކަކީ "މޮޅު" ބައެއްގެ ގޮތުގައި ހާޝިމް އަންނަނީ ސިފަކުރަމުންނެވެ. އަދި އެ ފަދަ ފަރާތްތަކަށް އޭނާ ތާއީދުކުރާކަމީ ދިއްދޫ ރައްޔިތުންގެ ހިތްތަކުގައި އިސްލާމު ދީނަށް އޮތް ލޯތްބަށް އިހްތިރާމު ނުކުރާކަން ކަމަށް އެ ޕެޓިޝަނުގައި ބުނެއެވެ.

"ރާއްޖޭގެ ބައެއް ނޫސްތަކުގައި "ދިއްދޫ ކައުންސިލްގެ ރައީސް" މި އިބާރާތް ބޭނުންކޮށް ހަބަރު ޝާއިއު ކޮށްފައިވާކަމީ ދިއްދޫ ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލަދުވެތި ކަމެކެވެ." އެ ޕެޓިޝަނުގައި ވެއެވެ.

އިސްލާމުދީނަށް ފުރައްސާރަ ކުރާ މީހަކު އެ މަގަމުގައި ހުރުމަކީ ދިއްދޫ ރައްޔިތުން ބޭނުންވާ ކަމެއް ނޫން ކަމަށް ޕެޓިޝަނުގައި ފާހަގަކޮށްފައިވާއިރު ޕެޓިޝަނުގައި ބުނާ ގޮތުގައި ހާޝިމް އެމަގާމުން ވަކި ކުރުމަކީ ކައުންސިލުގެ ދެން ތިބި ހަތަރު ކައުންސިލަރުންގެ ޒިންމާއެކެވެ.

އެ ޕެޓިޝަނުގައި ރައްޔިތުން ސޮއި ކުރަން ފަށާފައި މިވަނީ އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ސޯޝަލް މީޑިއާގައި ދީނާއި ގުޅިގެން ދެއްކި ވާހަކައަކާއި ގުޅިގެން އޭނާގެ ދިފާއުގައި ހާޝިމް ނިކުތުންނެވެ. އެގޮތުން ރަސޫލާއާއި އެކަނލޭގެފާނުގެ އަނބިކަނބަލުންނަށް ނިސްބަތްކުރައްވާ އިބްރާ ދެއްކި އެވާހަކަތަކަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
ހިޔާލު