A Level Imthihaan Resit Kuraa Thareehah Badhaleh !
image
ސެންޓާ ފޯ ހަޔާ ސެކަންޑަރީ އެޑިޔުކޭޝަން .-- ފޮޓޯ: ސީއެޗްއެސްއީ
ޝާދިން މުހައްމަދު
0 ކޮމެންޓް
 

އޭ ލެވެލް އިމްތިހާން ރީސިޓް ކުރާ ތާރީހަށް ބަދަލު ގެނެސްފި

އާންމު ގޮތެއްގައި އޮކްޓޯބަރު މަހު ހަދާ އޭލެވެލް އިމްތިހާނުގެ ފުރަތަމަ ބައި، އޭއެސް ރީސިޓު ކުރާ ތާރީހަށް ޑިޕާޓްމެންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ) ބަދަލެއް ގެނެސްފި އެވެ.
ގުރޭޑް 11ގައި ހަދާ އޭ ލެވެލް ކޯހުގެ ފުރަތަމަ ބައި ކަމުގައިވާ "އެޑްވާންސް ސަބްސިޑަރީ" ނުވަތަ އޭއެސް އިން އެކަށީގެންވާ ނަތީޖާއެއް ނުލިބޭ ދަރިވަރުންނަށް އެ އިމްތިހާން ހަދަން ލިބޭ ދެވަނަ ފުރުސަތު އާންމު ގޮތެއްގައި ލިބެނީ ގުރޭޑް 12ގައި ހަދާ އޭޓޫ ލެވެލް އިމްތިހާނާއި އެކުގައި އެވެ.

ނަމަވެސް މި އަހަރު ގުރޭޑް 12ގަައި ކިޔަވާ ދަރުވަރުންނަށް އޭއެސް އިމްތިހާނުގެ ރީސިޓް މި އަހަރުގެ މޭ/ޖޫން މަހު ހެދުމުގެ ފުރުސަތު، ޑީޕީއީ އިން ވަނީ ހުޅުވާލައިފައެވެ.

ޑީޕީއީގެ ޑިރެކްޓާ ޖެނެރަލް އަހްމަދު ޝަކީބު ވިދާޅުވީ "ސީއެންއްމެ"އަށް ވިދާޅުވީ، އަލަށް އޭ ލެވެލް އަށް ވަންނަ ދަރިވަރުންގެ ސިލަބަސް ބަދަލުވުމާއި ގުޅިގެން، މިހާރު ގުރޭޑް 12ގައި އުޅޭ ދަރިވަރުންނަށް އެ ފުރުސަތު ނުލިބިދާނެތީ މޭ މަހު އިމްތިހާން ރީސިޓް ކުރުމުގެ ފުރުސަތު ހުޅުވާލީ ކަމަށެވެ.

މީގެ އިތުރުން ޝަކީބު ވިދާޅުވީ މި ފުރުސަތު ހުޅުވާލެވިފައިވަނި ވަކި ސެކްޝަނެއްގެ މާއްދާ ތަކަކަށް ކަމަށެވެ. އަދި އެއީ ބިޒްނަސް ސްޓަޑީޒް، އިކޮނޮމިކްސް، ބަޔޮލޮޖީ، ކެމިސްޓްރީ އަދި ފިޒިކްސް، މި ފަސް މާއްދާ ކަމަށްވެސް ޝަކީބް ވިދާޅުވިއެވެ.

އެޑެކްސެލް އޭ އެސް އަދި އޭޓޫ ލެވެލް 2018 ވަނަ އަހަރު އޮކްޓޯބަރު އަދި ނޮވެންބަރު މަހު ހެދި ދަރިވަރުންގެ ނަތީޖާ އަންނަ ބުރާސްފަތި ދުވަހު އެޑެކްސެލްއިން ރާއްޖެއަށް ލިބޭނެއެވެ. އަދި 2019 ވަނަ އަހަރު ގުރޭޑް 11 އަށް ވަނުމަށް ގިނަ ސްކޫލު ތަކުން ވަނީ ފުރުސަތު ހުޅުވާލައިފައެވެ.
ހިޔާލު