Male' aa 5350 km dhurah 2 binhelun, nurahkaleh nei
image
ބިންހެލުން އައި ސަރަހައްދު: ރާއްޖެ އަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް މެޓުން ބުނޭ.
0 ކޮމެންޓް
 

މާލެއާ 5350 ކިލޯމީޓަރު ދުރަށް ދެ ބިންހެލުން، ރާއްޖެ އަށް ނުރައްކަލެއް ނެތް

މާލެއާ 5350 ކިލޯމީޓަރު ދުރަށް މިއަދު ދެ ބިންހެލުން އައިސްފައިވާ ކަމަށް މެޓް އޮފީހުން ބުނެފި އެވެ. dhi2
މެޓް އޮފީހުން ބުނީ އިންޑޮނޭޝިޔާގެ ސުމްބާ ސަރަހައްދަށް ރާއްޖޭ ގަޑިން މިއަދު ފަތިހު 4:59 ގައި ރިކްޓާ މިންގަނޑުން 6.0ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާ ކަމަށެވެ. އަދި ރާއްޖޭ ގަޑިން މިއަދު 10:05 ގައި ވެސް އެ ސަރަހައްދަށް ރިކްޓާ މިންގަނޑުން 6.4ގެ ބާރުމިނުގައި ބިންހެލުމެއް އައިސްފައިވާ ކަމަށް މެޓުން ބުނެ އެވެ.

ނަމަވެސް އެ އެއްވެސް ބިންހެލުމެއްގެ އަސަރު ރާއްޖެ އަށް ކޮށްފައި ނުވާ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި އެ ބިންހެލުންތަކުގެ އެއްވެސް ނުރައްކަލެއް ވެސް ރާއްޖެ އަށް ނެތް ކަމަށް މެޓުން ބުނެ އެވެ.

އިންޑޮނޭޝިޔާ އަކީ އާންމުކޮށް ބިންހެލުންތައް އަންނަ ގައުމެކެވެ. އެގޮތުން މިއަދު ސުންބާ ސަރަހައްދަށް އައިސްފައިވާ ބިންހެލުންތަކުން ގެއްލުމެއް ލިބުނު ކަމެއް އަދި ރިޕޯޓް ކޮށްފައެއް ނުވެ އެވެ. އަދި ސުނާމީއެއްގެ އިންޒާރެއް ވެސް ނެރެފައެއް ނުވެ އެވެ.

ރާއްޖޭގެ މެޓް އޮފީހުން އެ ބިންހެލުންތަކުގެ މައުލޫމާތު ހާމަކުރީ، ރެކްޓާ މިންގަނޑު ވަކި ވަރަކަށް ވުރެ މަތިން އަންނަ ބިންހެލުންތަކުގެ މައުލޫމާތު ހާމަކުރަން ގެންގުޅޭ އުސޫލުގެ ދަށުން ކަމަށް ބުނެ އެވެ.
ހިޔާލު