Didi ge Challenge Nazim ah: Sifaingeyah Meehaku Ayyankuraanamey Bunee Kon Haisiyyathakun!
image
3 ކޮމެންޓް
 

ޑީޑީގެ ޗެލެންޖު ނާޒިމަށް: ސިފައިންގެއަށް މީހަކު އަންޔަންކުރާނަމޭ ބުނީ ކޮން ހައިސިއްޔަތަކުން!

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުނު ދުވަހާއި ގުޅުވައިގެން ރައީސް ނަޝީދަށް ޗެލެންޖު ދެއްވައި ކާނަލް މުހައްމަދު ނާޒިމް ދެއްކެވި ވާހަކަފުޅަށް އޭރު މާލޭ އޭރިޔާ ކޮމާންޑަރު އިބްރާހިމް ދީދީ ރައްދު ދެއްވައިފިއެވެ. muni
ރައީސް ނަޝީދަށް ޗެލެންޖު ކުރައްވައި ނާޒިމް ވިދާޅުވީ ރައީސް ނަޝީދު އިސްތިއުފާދެއްވި ދުވަހު ސިފައިންގެ ތެރެއަށް ވެންނެވި އިރު އެއްވެސް ވަރަކަށް ރައީސް ނަޝީދާއި މުއާމަލާތް ނުކުރެވޭ ކަމަށާއި، އަދި ރައީސް ނަޝީދާއި ސިފައިންގެ ތެރެއިން ބައްދަލުވެސް ނުވާ ކަމަށެވެ.

"އަޅުގަނޑު ރައީސް ނަޝީދެއް ނުދެކެން އެތެރެއަކުން. ރައީސް ނަޝީދާ ބައްދަލުވެސް ނުވޭ. ރައީސް ނަޝީދަށް މިކަމުގައި އިތުރުފުިޅު ހައްދަވާކަށް ޖކެރިވަޑައެއް ނުގަންނަވާނެ." ރައީސް ނަޝީދަށް ޗެލެންޖުކޮށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް އަވަސް އަށް ދެއްވި އިންޓަވިއުއަށް ރައްދު ދެެއްވައި ޑީޑީ ވަނީ އެކަން އެގޮތައް އޮތް ނަމަ އެދުވަހު ސިފައިންގެ ބޭރުގައި ހުންނަވައިގެން ތިމަންނާ މިހުރީ ސިފައިންގެއާއި ހަވާލު ވެގެން ކަމަށް އިއުލާން ކުރައްވައި ވަރަށް އަވަހަށް ސިފައިންގެއަށް މީހަކު އަންޔަން ކުރާނަމޭ ވިދާޅުވީ ކޮން ހައިސިއްޔަތަކުން ކަމާމެދު ސުވާލު އުފައްދަވާފައެވެ.


"ޖަވާބު ދެއްވުން އެދެން. އަޅުގަނޑުގެވެސް ޗެލެންޖެއް" އިބްރާހިމް ޑީޑީ ނާޒިމްއަށް ޓެގް ކުރައްވައި ވިދާޅުވިއެވެ.

ރައީސް ނަޝީދު ވަނަ ދުވަހު އިސްތިއުފާދިނުމަށް ހިނގައިދިޔަ ކަންތައްތަކުގެ ތެރޭގައި އޭރުގައި އިސްކޮށް އުޅުއްވީ ކާނަލް ނާޒިމެވެ. އޭރު އިދިކޮޅު ފަރާތްތަކުގެ މަންދޫބެއްގެ ހައިސިއްޔަތުން ނާޒިމް ވަނީ ސިފައިންގެ ތެރެއަށް ވަންނަވައި އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު ކަލޭފާނާއި ބައްދަކލު ކުރެއްވި ކަމަށް އަވަސްއަށް އިންޓަވިއު ދެއްވާފައެވެ.
ޖޭޕީ ކާނަލް ނާޒިމް
ހިޔާލު

ފިނިފެންމާ

ދެން ނާޒިމަކަށް ބަޢާވާތަކުން ދެމިއެއް ނުގަނެވޭނެ.އެއީ ބާޢީ ނާޒިމް،ބާޢީ ރިޔާޒު

ލިންލިން

ނާޒިމް އެ ބުނުއްވީ އޭނާ އެތަނަށ ްމީހަކު އައްޔަނު ކުރައްވާ ވާހަކައެއް ނޫން.. ރައީސް އިސްތިއުފާދިނީ ދެން ވެރިކަމަށް އަންނަން ހުރި ބޭފުޅާގެ ޕުލޭނު ހާމަކުރެއްވީ

އަހުމަދު

އެދުވަހު ވީޑިއޯ ބައްލަވާ... އިތުރުފުޅެއް ނުހެއްދެވޭެނެ. ކޮންހައިސިއްޔަތެއްތަކުންތޯ އެތަނަށްވެންނެވީ... ސިޓީ ކިހިލިޖަހައިގެންދިޔަމީހާ އެއީ ދައުލަތުގެ އެއިރު ކާކުތޯ ... މިކަންތައްވެސް ބައްލަވާ... ނުގަވައިދުންކުރިނަމަ އެކަމުގެ ވެސް އިންސާފު ލިބެންޖެހޭނެ.