Masjid Al Nabawi ge Kureege Imam Avahaaravehje
image
ނަބަވީގެ ކުރީގެ އިމާމް ޝެއިހް އަހުމަދު އަލް އަމާރީ.-- ފޮޓޯ: ޕްރިޒަނާސް އޮފް ކޮންޝެންސް
0 ކޮމެންޓް
 

މަސްޖިދުއް ނަބަވީގެ ކުރީގެ އިމާމް ޖަލުގައި އަވަހާރަވެއްޖެ

މަސްޖިދުއް ނަބަވީގެ ކުރީގެ އިމާމް ޝެއިހް އަހުމަދު އަލް އަމާރީ، ސައުދީ އަރަބިއްޔާގެ ޖަލެއްގައި އަވަހާރަވެއްޖެ އެވެ.
ޝެއިހް އަހުމަދު އަވަހާރަވީކަން ހާމަކުރީ ޕްރިޒަނާސް އޮފް ކޮންޝެންސް އިންނެވެ. އެ ޖަމިއްޔާ އިން ބުނީ، ޝެއިހް އަހުމަދު އަވަހާރަވީ ހައްޔަރު ކުރިތާ ފަސް މަހަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށް އިއްޔެގެ ވަގުތެއްގައި ކަމަށެވެ.

ނުހައްގުން ޖަލަށްލާ މީހުންގެ ދިފާއުގައި މަސައްކަތް ކުރާ ޖަމިއްޔާ އިން ބުނީ ޝެއިހް އަހުމަދު އަވަހާރަވީ، ޖަލު އޮފިޝަލުންގެ އިހުމާލުން ކަމަށެވެ. އެގޮތުން ޖަލުން، ޝެއިހް އަހުމަދަށް އެކަށީގެންވާ ސިއްހީ ފަރުވާ ދީފައި ނުވާ ކަމަށް އެ ޖަމިއްޔާ އިން ބުނެ އެވެ.

ޝެއިހް އަހުމަދު ޖަލަށް ލާފައިވަނީ ސީދާ ކޮން މައްސަލައެއްގައި ކަމެއް ސާފެއް ނުވެ އެވެ. ނަމަވެސް ބައެއް ރިޕޯޓްތައް ބުނާގޮތުގައި ޝެއިހް އަހުމަދު ޖަލަސް ލާފައިވަނީ ސައުދީ ޝާހީ އާއިލާއާ މެދު ހިތްހަމަނުޖެހުންތަކެއް ހުރެގެން އެ ވާހަކަތައް ދެއްކުމުން ކަމަށް ވެއެވެ.
ސައުދީ އަރަބިއްޔާ
ހިޔާލު