Adhaalathuge 12 Dhairaa akah 13 Meehaku Kurimathilaifi
image
1 ކޮމެންޓް
 

އަދާލަތުގެ 12 ދާއިރާއަކަށް 13 މީހަކު ކުރިމަތިލައިފި

އަދާލަތު ޕާޓީން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ވާދަ ކުރުޔމަށް އިއުލާން ކުރި 13 ދާއިރާގެ ތެރެއިން 12 ދާއިރާއަކަށް 13 މީހަކު ކުރިމަތިލައިފިއެވެ.
އަދާލަތު ޕާޓީން ބުނީ މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލާފައި ވަނީ 12 ދާއިރާއަކަށް ކަމަށެވެ. އޭގެ ތެރެއިން ރ. އިނގުރައިދޫ ދާއިރާއަށް ދެ ފަރާތަކުން ކުރިމަތިލާފައިވާތީ އަންނަ ހުކުރު ދުވަހު އެދާއިރާގައި ޕްރައިމަރީއެއް ބޭއްވުމަށް އަދާލަތުން ވަނީ ނިންމާފައެވެ.

އަދާލަތުން ކުރިމަތިލާން އިއުލާން ކުރި 13 ދާއިރާގެ ތެރެއިން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާ ދާއިރާއަކީ ކުޅުދުއްފުށި އުތުރު ދާއިރާއެވެ.

އަދާލަތު ޕާޓީން ކުރިމަތިލާން ހުޅުވާލާފައިވާ 13 ދާއިރާއަކީ:
1. ކެލާ ދާއިރާ
2. ވައިކަރަދޫ ދާއިރާ
3. ކުޅުދުއްފުށީ އުތުރު ދާއިރާ ( އެއްވެސް މީހަކު ކުރިމަތިލާފައެއް ނުވޭ)
4. މަކުނުދޫ ދާއިރާ
5. އިނގުރައިދޫ ދާއިރާ (ދެ މީހުން ކުރިމަތިލާފައިވާތީޯ ޕްރައިމަރީ ބާއްވަނީ)
6. ކާށިދޫ ދާއިރާ
7. މަހިބަދޫ ދާއިރާ
8. މުލަކު ދާއިރާ
9. ނިލަންދޫ ދާއިރާ
10. ގަމު ދާއިރާ
11. ފުވައްމުލަކު ދެކުނު ދާއިރާ
12. ފޭދޫ ދާއިރާ
13. މާފަންނު ދެކުނު ދާއިރާ އެވެ.

އަދާލަތު ޕާޓީން 12 ދާއިރާއަކަސް 13 މީހަކު ކުރިމަތިލާފައިވީ ނަމަވެސް އެދާއިރާތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ނަންތަކެއް އަދީ ހާމަކޮށްފައެއް ނުވެއެވެ.
ހިޔާލު

އުދަރެސް

އަދާލާތު ޕާޓީ އެހާ މީހުން މަދުއިރުވެސް ނަމޫނާ ޕާޓީއެއް. ސަރުކާރުގެ މަތިފަޑީގައި ވަޒީފާ އަދާކުރި އެތައްބަޔަކު ގޮވައިގެން ޖުމުހޫރީ ޕާޓީއިން މިފަދަ ނަމޫނާއެއް ނުދެއްކުމީ ޕާޓީގެ އިސްސަފުގައިތި މީހުންގެ ނާޤާބިލްކަން ކަންކަމާއިމެދު ޔަޤީންކަންނެތްކަން ބަލިކަށިކަން. އަބަދުވެސް މީހުންގެ އިނގިލީގެކުރީގައި ހިފައިނގެ ހިނގަން އާދަކޮށްފިނަމަ މީހަކާއި ނުލާ ހިނގުމަކީ އެފަދަ މީހަކަށް ވަރަށް އުނދަގޫކަމަށްވާނެ. ޖުމްހޫރީ ޕާޓީއަކީ މިކަހަލަ ޕާޓީއެއް.