ހަބަރު
ފޭޑި
ރިޕޯޓް
ހިޔާލު
ވިޔަފާރި
ދުނިޔެ
ކުޅިވަރު
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
/
ބޮލީވުޑް
ސުޝާންތާއި އަންކިތާ--
23 ޖެނުއަރީ 2019
0 ކޮމެންޓް
Tweet
ސްކްރިޕްޓު ރަނގަޅުނަމަ ކުރީގެ ލޯބިވެރިޔާއާއެކު ވެސް މަސައްކަތްކުރާނަން: އަންކިތާ
ސްކްރިޕްޓު ރަނގަޅުނަމަ ކުރީގެ ލޯބިވެރިޔާ އަދި އެކްޓަރު ސުޝަންތު ސިންގް ރާޖުޕުތާއެކު މަސައްކަތް ކުރަން އެއްވެސް މައްސަލައެއް ނެތް ކަމަށް މަނިކަރުނިކާ: ދަ ކްއީން އޮފް ޖާންސީ އިން ބޮލީވުޑަށް ތައާރަފުވާ އަންކިތާ ލޯކަންޑޭ ބުނެފި އެވެ.
އުމުރުން 34 އަހަރުގެ އަންކިތާ ބޮލީވުޑަށް ތައާރަފުވާ ފިލްމުގެ ޕްރޮމޯޝަންގެ ތެރެއިން ސުޝާންތާއެކު ފިލްމަކުން ފެނިގެން ހިނގައިދާނެތޯ ނޫސްވެރިއަކު ސުވާލުކުރުމުން އެނާ ބުނީ، އެކްޓަރެއްގެ ހައިސިއްޔަތުން އޭނާއާއެކު މަސައްކަތް ނުކުރާންވީ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން ސްކްރިޓު ރަނގަޅު ފިލްމަކުން ސުޝާންތާއެކު މަސައްކަތް ކުރަން ލިބިއްޖެ ނަމަ އާންއެކޭ ބުނާނެކަމަށް އަންކިތާ ބުނެއެވެ.
ހަ އަހަރު ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު އަންކިތާ އާއި އެމްއެސް ދޯނީ އިން ބޮލީވުޑަށް ތައާރަފުވި ސުޝާންތު ރުޅިވީ 2016 ވަނަ އަހަރެވެ. އެގޮތުން އެދެމީހުން ރުޅިވީ ސުޝާންތު މަސައްކަތް ކުރި ބޮލީވުޑުގެ ފިލްމު "ރާބްތާ" ގެ ކޯ ސްޓާ، ކްރިތީ ސަނޯން އާއި ސުޝާންތާއި ދެމެދު ލޯބީގެ ގުޅުމެއް އޮތް ކަމަށް ބުނެއެވެ. އެކަމަކު، އެކަން ސުޝާންތު ދޮގުކުރެއެވެ.
ސުޝާންތު މިވަގުތު ހުސްކޮށް ހުރިއިރު، އަންކިތާ އުޅެނީ ވިޔަފާރިވެރިއެއް ކަމަށްވާ ވިކީ ޖެއިންއާ ލޯބީގެ ގޮތުން ގުޅިގެންނެވެ. އަދި ވަރަށް އަވަހަށް އެމީހުން ކައިވެނި ކުރާނެކަމަށް އަޑު ފެތުރުނުވެ.
ގުޅުންހުރި
ބޮލީވުޑް
މުނިފޫހިފިލުވުން
އަންކިތާ ލޮކާންޑޭ
ހިޔާލު
ނަން:
ފުރުއްވާފަ ފޮނުއްވާ!
ހިޔާލު:
ކޮމެންޓް ލިޔުއްވާ!
އެންމެފަސް
ބައި މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފޭރިގަނެފި
4 ގަޑިއިރު ކުރިން
"ފަނޑިޔާރުންނަކީ ވެސް ޖަވާބުދާރީ ކުރުވެން ޖެހޭނެ ބައެއް"
5 ގަޑިއިރު ކުރިން
އެކައުންޓްގައި 1 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުންނާނެ އޭރުވެސް: ޔާމީން
7 ގަޑިއިރު ކުރިން
ގެއަކުން "ވެއްޓުނު" ކުނިކޮތަޅަކުން ޖެހި މީހަކަށް އަނިޔާވެއްޖެ
7 ގަޑިއިރު ކުރިން
ރަސްމީ ދަތުރެއްގައި ފޮރިން މިނިސްޓަރު ޝާހިދު އެމެރިކާ އަށް
7 ގަޑިއިރު ކުރިން