Varuvaa ah rahthah dhookurun medhukandaalaifi
image
ފަޅުރަށެއް: ވަރުވާ އަށް ރަށްތައް ދޫކުރުން ހުއްޓާލި އިރު އެކަން ވަނީ އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފައި.-- ފައިލް ފޮޓޯ
1 ކޮމެންޓް
 

ވަރުވާ އަށް ރަށްތައް ދޫކުރުން މެދުކަނޑާލައިފި

ވަރުވާ އަށް ފަޅުރަށްތައް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން މިއަދު ބުނެފި އެވެ. dhi2
ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ފަޅު ރަށްރަށާ ބެހޭ ގާނޫނުގެ 11 ވަނަ މާއްދާގެ (ށ) ގެ ދަށުން އާންމުކޮށް އިއުލާނުކޮށްގެން ފަޅު ރަށްތައް ދޫކުރުން ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ. އަދި ވަރުވާ އަށް ރަށްތައް ހޯދަން ހުށަހަޅާ އެ ކަމުގެ އެއްބަސްވުމުގައި މިއަދާ ހަމައަށް ސޮއި ނުކޮށް ހުރި ރަށްރަށުގެ އެއްބަސްވުންތައް އެކުލަވާލުން ވެސް މަޑުޖައްސާލާފައިވާ ކަމަށް އެ އިއުލާނުގައި ބުނެ އެވެ.

ވަރުވާ އަށް ރަށްތައް ދޫކުރުން ފިޝަރީޒް މިނިސްޓްރީން މިއަދު މެދުކަނޑާލި އިރު، ސަރުކާރުން ވަނީ އެ ކަން އިކޮނޮމިކް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފަ އެވެ. އަދި އިކޮނޮމިކް މިނިސްޓްރީން ވަނީ އެކި ކަންކަމަށް ރަށްތައް ދޫކުރުން ކައުސިލްތަކަށް ދޫކޮށްލުމަށް ވިސްނަމުން އަންނަ ކަމަށް ބުނެފަ އެވެ.

ވަރުވާ އަށް ރަށްތައް ދޫކުރުން ވަގުތީގޮތުން މެދުކަނޑާލި އިރު، ޓޫރިޒަމް މިނިސްޓްރީން ވަނީ ބިޑް ކުރުމާ ނުލާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ރިސޯޓް ތަރައްގީ ކުރަން ރަށްތައް ދޫކުރަމުން ދިޔަ އުސޫލަށް އަމަލު ކުރުން ވެސް މެދުކަނޑާލާފަ އެވެ.
ހިޔާލު

ވައްޑެ

ވަރު އަރާވަރުން މެދު ކަނޑާލީ