Talibanunge hamaalaaehgai 43 meehaku maraalaifi
image
ތާލިބާނުން ހަމަލާދިން އަފްގާނިސްތާނުގެ އަސްކަރީ ބޭސް.-- ފޮޓޯ: އޭއެފްޕީ
0 ކޮމެންޓް
 

ތާލިބާނުންގެ ހަމާލާއެއްގައި 43 މީހަކު މަރާލައިފި

އަފްގާނިސްތާނު އަސްކަރްޔާގެ ޖާސޫސީ ބޭހަކަށް ތާލިބާނުން ދިން ހަމަލާއެއްގައި 43 މީހަކު މަރާލައި، 54 މީހަކު ޒަހަމް ކޮށްލައިފި އެވެ.
އެ ގައުމުގެ ޖާސޫސީ އިދާރާ އިން ބުނީ، ތާލިބާނުން އެ ތަނަށް ހަމަލާ ދިނީ ކާރު ބޮމެއް ގޮއްވާލުމަށް ފަހު ހަނގުރާމަވެރިން ބޭހަށް ވަދެގެން ކަމަށެވެ. އަދި ބައެއް ރިޕޯޓްތައް ބުނާގޮތުން އެ ހަމަލާގައި މަރުވި މީހުންގެ އަދަދު 100 އަށް ވުރެ ގިނަ ކަމަށް ބީބީސީން ބުނެ އެވެ.

އެގޮތުން ހަނގުރާމަވެރިން ވަނީ އަފްގާނިސްތާނުގެ ސްޕެޝަލް ފޯސަސްގެ ޔުނިޓަކަށް މިއަދު ދިން ހަމަލާއެއްގައި 190 މީހުން މަރާލާފައިވާ ކަމަށް ބުނެފަ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި މިއީ ފަހުގެ ތާރީހެއްގައި ތާލިބާނުން އަފްގާނިސްތާނުގައި ދިން އެންމެ ވަރުގަދަ އެއް ހަމަލާ އެވެ. އަދި މި ހަމަލާ އާއި އެކު، އަސްކަރިއްޔާ އިން ހަނގުރާމަވެރިންގެ މައްޗަށް ހޯދަމުން ދިޔަ ކުރިއެރުންތައް މަޑުޖެހޭނެ ކަމަށް އަފްގާނިސްތާނުގެ ބައެއް އޮފިޝަލުން ބުނެ އެވެ.

ނޭޝަނަލް ޑައިރެކްޓަރޭޓް ފޯ ސެކިއުރިޓީ (އެންޑީއެސް) އިން ބުނީ ވާޑަކް ޕްރޮވިންސްގެ މެދުތެރޭގައި ހުންނަ ޖާސޫސީ ބޭހަށް މިއަދު ހަމަލާ ދިން އިރު، ތާލިބާނުން އަންނަނީ ސުލްހަ ވުމަށް އެމެރިކާގެ އޮފިޝަލުންނާ ގަތަރުގައި މަޝްވަރާ ކުރަމުންނެވެ.
ހިޔާލު