Photograph ge furathama poster dhakkaalaifi
image
"ފޮޓޯގްރާފް" ގެ ފުރަތަމަ ޕޯސްޓަރު....
0 ކޮމެންޓް
 

"ފޮޓޯގްރާފް"ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

ކުޅަދާނަ ޑައިރެކްޓަރު ރިތޭޝް ބަޓްރާގެ ކުރިޔަށް އޮތް ފިލްމު "ފޮޓޯގްރާފް"ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.
"ފޮޓޯގްރާފް" އަކީ ކާމިޔާބު ފޮޓޯގްރަފަރަކަށް ވާން މަސައްކަތް ކުރާ ފިރިހެނަކު ކައިވެނި ނުކޮށްގެން އޭނާގެ މާމަ ކުރާ ޕްރެޝަރުތަކެއްގެ ސަބަބުން ދިމާވާ މައްސަލަތަކެއް ދައްކުވައިދޭނެ ފިލްމެކެވެ.

އެެ ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ މާޗް މަހުގެ އަށް ވަނަ ދުވަހުއެވެ. އެހެން ނަމަވެސް ބެލުންތެރިންނާ ހަމައަށް ފިލްމު އައުމުގެ ކުރިން މި މަހުގެ ތެރޭގައި ފަށާ ސަންޑާންސް ފިލްމު ވެސްޓިވަލްގައި ފިލްމު ޕްރިމިއާ ކުރާނެއެވެ. އޭގެ އިތުރުން އަންނަ މަހު ބާއްވާ 69 ވަނަ ބާލިން އިންޓަނޭޝަނަލް ފިލްމު ފެސްޓިވަލް (ބީއައިއެފްއެފް) ގައި ވެސް އެ ފިލްމު ޕްރިމިއާ ކުރަން ވަނީ ނިންމާފައެވެ.

ފިލްމުގެ ލީޑު ރޯލުން ނަވާޒުއްދީން ސިއްދީގައި ސަންޔާ މަލްއުތުރާ އެވެ.

ރިތޭޝްގެ އެ ފިލްމަށް ގިނަ ބަޔަކު އުންމީދު ކުރަމުން އަންނަ އިރު 2013 ވަނަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ދަ ލަންޗް ބޮކްސް" އަކީ އޭނާ އަށް އެތައް ބައެއްގެ ތައުރީފު އޮހިގެންދިޔަ ފިލްމެކެވެ.
ހިޔާލު