Shah ge Dhoshi Dharifulhu Aryan ge Facebook Account Hack Koffi
image
ޝާހު ރުކް ހާން، އާރިޔަން ހާން---
0 ކޮމެންޓް
 

ޝާހުގެ ދޮށީ ދަރިފުޅު އާރިޔަންގެ ފޭސްބުކް އެކައުންޓް ހެކް ކޮށްފި

ބޮލީވުޑްގެ ކާމިޔާބު އެކްޓަރު ޝާހު ރުކް ހާނުގެ ދޮށީ ދަރިފުޅު އާރިޔަން ހާންގެ ފޭސްބުކް އެކައުންޓް ހެކް ކޮށްފިއެވެ.
ފޭސްބުކް އެކައުންޓު ވެއްޖެ ކަމަށް އިންސްޓަގުރާމު ސްޓޯރީ މެދުވެރިކޮށް އާރިޔަން އޭނާގެ ސަޕޯޓަރުންނަށް މެސެޖެއް ޕޯސްޓުކޮށްފައިވާއިރު އާރިޔަން ވަނީ އެއެކައުންޓުން ވާކަންކަމަށް އަޅާނުލުމަށްވެސް ބުނެފައެވެ.


އާރިޔަން އަކީ ވެސް ބޮލީވުޑު އެހެން ފަންނާނުންހެން ސޯޝަލް މީޑިއާގައި ވަރަށް މަޝްހޫރު ފަރާތެކެވެ. އިންސްޓަގުރާމުގައި ވެސް އޭނާ އެއް މިލިއަން ފޮލޯވަރުންނާ ގާތްކުރާ އަދަދަކަށް މީހުން އޭނާއަށް ޕޮލޯކޮށްފައިވެއެވެ.

އުމުރުން 21 އަހަރުގެ އާރިޔަން މިހާރު އަންނަނީ ކިޔަވަމުންނެވެ. ޝާހު ބުނިގޮތުގައި އާރިޔަން ބޭނުން ވަނީ ފިލްމު ހަދަންށެވެ. އަދި އޭނާ މިހާރު އަންނަނީ ފިލްމު ހަދަން ދަސްކުރަމުން ކަމަށް ޝާހު ވަނީ ބުނެފައެވެ.

އާރިޔަން ވަނީ ބޮލީވުޑުގެ ކާމިޔާބު ފިލްމު 'ކަބީ ހުށި، ކަބީ ގަމް' ގައި ޝާހުގެ ކުޑައިރުގެ ރޯލުން ފެނިފައެވެ.
ހިޔާލު