Israel in UN ge garaaruthakah amalukuran Raajje in govaalaifi
image
އިއްޔެ ބޭއްވި އދ. ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފޮރިން މިނިސްޓްރީ
0 ކޮމެންޓް
 

އިޒްރާއީލުން އދ.ގެ ގަރާރުތަކަށް އަމަލުކުރަން ރާއްޖެން ގޮވާލައިފި

އިޒްރާއީލުން އދ.ގެ ގަރާރުތަކަށް އަމަލު ކުރުމަށް ރާއްޖޭން އިއްޔެ ގޮވާލައިފި އެވެ.
ރާއްޖޭން ގޮވާލީ އިޒްރާއީލުން ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރި ކުރުވުން ހުއްޓުވުމަށް އދ.ގެ ސެކިއުރިޓީ ކައުންސިލުން ފާސްކޮށްފައިވާ ރިޒޮލިއުޝަނަށް ފުރިހަމަ އަށް އެ ގައުމުން އަމަލު ކުރުމަށެވެ. އަދި އދ.ގެ ޗާޓަރުގެ ދަށުން އިޒްރާއީލުން ގާނޫނީ ގޮތުން އަމަލު ކުރަންޖެހޭ އުސޫލުތަކަށް އަމަލު ކުރުމަށް ވެސް ރާއްޖޭން ގޮވާލި އެވެ.

އޭގެ އިތުރުން އދ.ގެ މެމްބަރު ގައުމުތަކާއި ސެކިއުރިޓީ ކައުންސިލުން ފަލަސްތީނާއި އިޒްރާއީލްގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކުރަމުން އަންނަ މަސައްކަތްތައް ދެ ގުނަ އަށް އިތުރު ކުރުމަށް ވެސް ރާއްޖޭން އިއްޔެ ގޮވާލި އެވެ.

ފަލަސްތީނާއި އިޒްރާއީލްގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯދުމަށް ކަމަށާއި، ރާއްޖޭން ބޭނުންވަނީ އެ ދެ ގައުމުގެ ރައްޔިތުންނަށް ވެސް ސުލްހަވެރި ކަމުގައި ދިރިއުޅެވޭނެ މާހައުލެއް ތަނަވަސްވުމަށް ކަމަށް ވަނީ ބުނެފަ އެވެ.
ހިޔާލު