Hukuru Dhuvahu Raees L. Atholhah Vadaigannavanee
image
މިއީ މަގާމާ ހަވާލުވި ފަހުން ރައީސް ލ. އަތޮޅަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރު.-- ފޮޓޯ: ރައީސް އޮފީސް
0 ކޮމެންޓް
 

ހުކުރު ދުވަހު ރައީސް ލ. އަތޮޅަށް ވަޑައިގަންނަވަނީ

އަންނަ ހުކުރު ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ލ. އަތޮޅަށް ވަޑައިގެންނެވުމަށް ހަމަޖެހިއްޖެ އެވެ.
މަގާމާ ހަވާލުވި ފަހުން ރައީސް ސޯލިހު ލ. އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަކީ ޓީއެފްޖީން އެ އަތޮޅުގައި ބާއްވާ ބޮޑު ދުވުން، "ކޮކާލޯލާ ރަން އިން ލާމު"ގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ހުކުރު ދުވަހު ރައީސް ލ. އަށް ވަޑައިގަންނަވާއިރު ޓީއެފްޖީން މިދިޔަ އަހަރުން ފެށިގެން އިންތިޒާމު ކުރަމުން އަންނަ "ރަން އިން ލާމް"ގެ ބޮޑު ދުވުން އޮންނާނީ ހޮނިހިރު ދުވަހު އެވެ. އެ ދިގު ދުވުން އޮންނާނީ ލ. ލިންކްރޯޑުގަ އެވެ.

ދުވުން ފެށުމަށް ބާއްވާ ފުރަތަމަ ހަރަކާތެއްގެ ގޮތުން، ހުކުރު ދުވަހު ހަވީރު އުމުރުން ދުވަސްވީ މީހުންގެ ޚާއްސަ ހިނގާލުމެއް އޮންނާނެ އެވެ. އަދި އެއަށް ފަހު ކުޑަކުދިންގެ ޚާއްސަ ހަރަކާތެއް ވެސް އޮންނާނެ އެވެ.
ހިޔާލު