Venezuela ge Raees akee e gaumuge idhikolhu leader: Trump
image
އިދިކޮޅު ލީޑަރު ހުއާން ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ.-- ފޮޓޯ: އީޕީއޭ
0 ކޮމެންޓް
 

ވެނެޒުއޭލާގެ ރައީސް އަކީ އެ ގައުމުގެ އިދިކޮޅު ލީޑަރު: ޓްރަމްޕް

ވެނެޒުއޭލާގެ ރައީސްގެ ގޮތުގައި ބަލައިގަންނަނީ އެ ގައުމުގެ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް އެހެން ވިދާޅުވުމުގެ ކުޑަ އިރުކޮޅެއް ކުރިން ހުއާން ވަނީ އޭނާ އަކީ ގާނޫނީ ގޮތުން ބަލާއިރު އެ ގައުމުގެ ރައީސް ކަމަށް ވިދާޅުވެފަ އެވެ. އަދި އެމެރިކާގެ އިތުރުން ބްރެޒިލް، ކޮލަންބިއާ އަދި ޕެރޫން ވެސް ވަނީ އުމުރުފުޅުން 35 އަހަރުގެ ހުއާން އަކީ ވެނެޒުއޭލާގެ ރައީސްގެ ގޮތުގައި ބަލައިގެންފަ އެވެ.

ގައުމުތަކުން ވެނެޒުއޭލާގެ އިދިކޮޅު ލީޑަރަކީ އެ ގައުމުގެ ރައީސްގެ ގޮތުގައި ބަލައިގަންނަން ފަށާފައިވަނީ، މި މަހު 10 ވަނަ ދުވަހު ދެ ވަނަ ދައުރަކަށް ރައީސް ނިކޮލާސްމަޑޫރޯ ހުވާކުރެއްވުމާ ގުޅިގެން އެތައް ހާސް ބަޔަކު އެކަމާ ދެކޮޅަށް މުޒާހަރާ ކުރަމުން އަންނަނިކޮށެވެ.

މަޑޫރޯގެ ވެރިކަމުގައި އެ ގައުމުގެ އިގްތިސޯދު ބަނގުރޫޓުވެ، ހައިޕާއިންފްލޭޓް ވެފައިވާއިރު، އެ ގައުމުން ކަރަންޓް ކެނޑުމާއި، ކާނާގެ ބައެއް ބާވަތްތައް ހުސްވުން ފަދަ ބޮޑެތި މައްސަލަތަކާ ވަނީ ކުރިމަތިވެފަ އެވެ.

ދެ ވަނަ ދައުރަކަށް މަޑޫރޯ ހޮވުނީ އިދިކޮޅުން ބޮއިކޮޓްކޮށް، އަދި ބޭރުގެ އޮބްޒާވަރުން ވެސް ބޮޑެތި އޮޅުވާލުންތަކެއް ހުރި ކަމަށް ބުނެފައިވާ އިންތިހާބަކުންނެވެ. އެގޮތުން ގިނަ އަދަދެއްގެ ވޯޓް އޮޅުވާލާފައިވާ ކަމަށް އެ އިންތިހާބު އޮބްޒާވް ކުރި ގިނަ ފަރާތްތަކުން ބުނެ އެވެ.
ހިޔާލު