Rocketry: The Nambi Effect aa eku Madhavan Director akah!
image
މަދަވަން....
0 ކޮމެންޓް
 

"ރޮކެޓްރީ: ދަ ނަމްބީ އިފެކްޓް" އާއެކު މަދަވަން ޑައިރެކްޓަރަކަށް!

"3 އިޑިއަޓްސް" އާއި "ތަނޫ ވެޑްސް މަނޫ" ފަދަ ފިލްމުތަކުން ރަނގަޅު އެކްޓިން އެއް ދައްކާފައިވާ އެކްޓަރު އާރް މަދަވަން ޑައިރެކްޝަނަށް ނުކުމެއްޖެ އެވެ.
އޭނާ ޑައިރެކްޓްކުރަނީ އިންޑިއާގެ ސައިންސްޓިސްޓް ނަމްބީ ނަރަޔާނަންގެ ރޯލް ކުޅޭ ފިލްމު "ރޮކެޓްރީ: ދަ ނަމްބީ އިފެކްޓް" އެވެ.

މީޑިއާތަކުން ބުނާ ގޮތުގައި އެ ފިލްމުގައި ނަމްބީގެ ރޯލުން ވެސް ފެންނާނީ މަދަވަން އެވެ.

"ރޮކެޓްރީ: ދަ ނަމްބީ އިފެކްޓް" ގެ ޝޫޓިން ފެށިގެން މިހާރު ދަނީ ކުރިއަށެވެ. ފިލްމުގެ މަންޒަރުތައް އެއްކޮށް ނަގައި ނިންމާލެވޭނެ ތާރީހެއް އަދި ނޭންގެއެވެ.

ފިލްމު ބެލުންތެރިންނާ ހަމައަށް އަންނާނެ ތާރީހް އަދި އޮތީ ސިއްރެއްގެ ގޮތުގައެވެ.

މަދަވަން އެންމެ ފަހުން ފެނުނީ މިދިޔަ އަހަރު ފަހުކޮޅު ރިލީޒްކުރި "ޒީރޯ" ގެ ރޯލަކުންނެވެ. އޭނާ އަކީ. ތެލޫގެ އަދި ކަންނާޑާ ފިލްމު ތަކުން ވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ފަންނާނެކެވެ.
ބޮލީވުޑް މަދަވަން
ހިޔާލު