Mudhaa etherekuri varu ithuruve aamdhanee ves ithuruvehje
image
މާލޭ ވިޔަފާރި ބަނދަރު.-- ފައިލް ފޮޓޯ: ކަސްޓަމްސް
1 ކޮމެންޓް
 

މުދާ އެތެރެކުރި ވަރު އިތުރުވެ އާމްދަނީ ވެސް އިތުރުވެއްޖެ

މިދިޔަ ޑިސެންބަރު މަހުގެ ތެރޭގައި ރާއްޖެ އަށް މުދާ އެތެރެކުރި ވަރު އިތުރުވެ، ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ވެސް އިތުރުވެއްޖެ އެވެ.
ކަސްޓަމުން ނެރެފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ޑިސެންބަރު މަހު އޭގެ ކުރީ އަހަރުގެ ޑިސެންބަރު މަހާ އަޅާ ބަލާއިރު އިމްޕޯޓްކުރި މުދަލުގެ އަދަދު 25 ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އެގޮތުން 2017 ވަނަ އަހަރުގެ ޑިސެންބަރު މަހު 38 ބިލިޔަން ރުފިޔާގެ މުދާ އެތެރެކުރި އިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި އެތެރެކޮށްފައިވަނީ 47 ބިލިޔަން ރުފިޔާގެ މުދަލެވެ.

އިމްޕޯޓް އަދި އެކްސްޕޯޓް ޑިއުޓީގެ ގޮތުގައި މިދިޔަ ޑިސެންބަރު މަހު ދައުލަތަށް 3.3 ބިލިޔަން ރުފިޔާ ލިބިފައިވާއިރު އެއީ 2017 ވަނަ އަހަރުގެ ޑިސެންބަރު މަހު ލިބުނު 2.9 ބިލިޔަން ރުފިޔާ އާ ބަލާއިރު 13 ޕަސެންޓްގެ ކުރިއެރުމެކެވެ.

ޑިސެންބަރު މަހު އިމްޕޯޓާއި ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު މިންވަރު އިތުރުވެފައިވާއިރު، ރާއްޖޭން ބޭރުކުރި މިންވަރު އެ މުއްދަތުގައި ވަނީ ދަށްވެފަ އެވެ. އެގޮތުން މިދިޔަ އަހަރުގެ ޑިސެންބަރު މަހު 2.8 ބިލިޔަން ރުފިޔާގެ މުދާ ބޭރުކުރި އިރު އެއީ 2017 ވަނަ އަހަރުގެ އެ މުއްދަތުގައި ބޭރުކުރި ތިން ބިލިޔަން ރުފިޔާގެ މުދަލާ އަޅާ ބަލާއިރު ނުވަ ޕަސެންޓުގެ ދަށްވުމެކެވެ.

މިދިޔަ އަހަރުގެ ޑިސެންބަރު މަހު އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީ، ޗައިނާ، ސިންގަޕޫރު އަދި އިންޑިއާ، މެލޭޝިޔާއިންނެވެ. ރާއްޖޭން އެންމެ ގިނައިން މުދާ ބޭރުކޮށްފައިވަނީ ތައިލޭންޑް، ޖަރުމަނު، އިނގިރޭސިވިލާތް، ފްރާންސް އަދި އެމެރިކާ އަށެވެ.
ހިޔާލު

ާއޅުގަނޑު

ސުވާލަކީ ރާއްޖެއިން މިގައުމުތަކައް ބޭރުކުރީ ކޮންބާވައްތަކެއްގެ މުދަލެއްތޯ؟