Emme Fahun Raeesunah Kurimathinulevey Islaah Ganoon Asasee ah
image
3 ކޮމެންޓް
 

އެންމެ ފަހުން ރައީސުންނަށް ކުރިމަތިނުލެވޭ އިސްލާހް ގާނޫނު އަސާސީއަށް

ރައީސްކަން ކުރައްވާފައި ތިއްބަވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހަށް ވާދަ ނުކުރެއްވޭ ގޮތައް ގާނޫނު އަސާސީ ބަދަލު ކުރުމަށް އިސްލާހް ހުށަހަޅުއްވައިފިއެވެ.
ގާނޫނު އަސާސީގައި ބަޔާންކުރާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ޝަރުތުގެ ތެރެއަށް ކުރީގެ ރައިސްކަން ކޮށްފައި ނުވުން އިތުރު ކުރުމަށް ހުށަހެޅުއްވީ ގާނޫނަށްވެސް އިސްލާހް ހުށަހެޅުއްވި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދުއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތުމަތު ނިއުޝާ ވިދާޅުވީ މި ހޯމަ ދުވަހު ގާނޫނު އަސާސީއަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު އިސްލާހެއް ހުށަހަޅުއްވާފައިވާ ކަމަށެވެ.

"ހުށަހަޅުއްވާފައިވާ އިސްލާހަކީ ރައީސަކަން ކުރައްވާފައި ތިއްބަވާ ބޭފުޅުންނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ތަކުގައި ވާދަ ނުކުރެއްވޭ ގޮތް ހެދުމަށް" ނިއުޝާ ވިދާޅުވިއެވެ.

ރައީސްކަން ކުރައްވާފައިވާ ބޭފުޅުންނަށް ރައީސްކަމަށް ކުރިމަތިނުލެއްވޭ ގޮތް ހެދުމަށް މެމްބަރު ލަތީފު ވަނީ ކުރިން ގާނޫނަށް އިސްލާހެއް ހުށަހަޅުއްވާފައެވެ. އެހެން ނަމަވެސް އެ އިސްލާހް ގާނޫނު އަސާސީއާއި ހިލާފު ކަމަށް ގާނޫނީ ދާއިރާގެ ގިނަ ބޭފުޅުން ގެންދަވަނީ ވަކާލާތު ކުރައްވަމުންނެވެ.

މެމްބަރު ލަތީފު ހުށަހެޅުއްވީ ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކުރާ މެމްބަރުގެ ޝަރުތުތަކަށް ނަމްބަރެއް އިތުރު ކުރުމަށެވެ.

ރައީސުންނަށް ކުރިމަތިނުލެވޭ އިސްލާހަކީ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ވާދަ ކުރައްވަން މަސައްކަތް ފެއްޓުމުން ދިއްދޫ ދާއިރާގެ މެމްބަރަށް މަޖިލީހުގެ ޓިކެޓް ޕްރައިމަރީއަކާއި ނުލައި ދިނުމަށް ކުރެވުނު ޑިމާންޑަށް ދީލާނުލައިގެން ހުށަހެޅި އިސްލާހެކެވެ. ނަމަވެސް ދިއްދޫ މެމްބަރު ލަތީފު ވިދާޅުވީ އެ އިސްލާހުގެ ފަހަތުގައި ބާރުގަދަ ބަޔަކު ވާ ކަމަށެވެ.

ގާނޫނު އަސާސީއަށް އިސްލާހް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައި ކުޅަ ތިންބައި އަގުލަބިއްޔަތުންނެވެ. އެއީ މަޖިލީހުގެ މެމްބަރުންނަށް ބަލާއިރު ގާތްގަނޑަކަށް 64 މެމްބަރުންނެވެ.
ޖޭޕީ އެމްޑީޕީ
ހިޔާލު

ދަތުރު

މީހަކު ކަމަކަށް ދަހިވެތިވެ އެކަމަކަށް މޮޔަ ވެއްޖެއްޔާ ދެން އޭނާ ކޮންމެ ކަމެއް ވެސް ކޮއްފާނެއެވެ. ޒާތީވުމާއި އެދުންވެރިކަމަކީ ވެސް " ބައިޕޯލާ " ފަދަ ބައެއްޔެކެވެ. ހީވަނީ މިވަރުންދާނަމަ ދިއްދޫ ދާއިރާއަށް ކުރިމަތިލެވޭނެ ޝަރުތު ތަކެއްވެސް ހުށަހަޅާފާނެއެވެ. އެގޮތުން ބޮލުގެ ދެއަރިމަތީގައި އިސްތަށި ހުރެފައި މެދުގައި އިސްތަށި ނުހުންނަ މީހަކަށް ވުން ކަހަލަ ޝަރުތު ވެސް ލުން އެކަށީގެން ވެއެވެ.

އަހުމަދު

މީނައަށް ޤާސިމް އަނެއްކާ ޓިކެޓް ނުދެނީބާ މިވަރެއްއަރުވާލާފަ މިހުންނަނީ... ޑޭނެގޮތެއް ހަދައިދެނީކަންނޭގެ. ... ޒާތީނުވެ ނިކަން ރަގަޅަށް އުޅެބަލަ..... މި ޤާނޫނުއަސާސީއަކީ ކުޅޭކުޅޭ އެއްޗަކަށް މިހާރުހަދައިފި...އެހެނުއްނުވާނީ ..... މީހުްން މަޖްލިސްއެތެރެވާތީ.... ؟

އަލީމުރާދު

ގާނޫނުއަސާސީއާއި ހިލާފު ޤާނޫނު ހަދަން އުޅެފައި އޭގެ މާފަހުން އެކަން ރޭކާލާ މީހުން މަޖިލީހަށް ކުރިމަތި ނުލެވޭ އިސްލާހު ޤާނޫނުއަސާސީއަށް ގެނައުން މާބޮޑަށް މުހިންމު.