Construction Industryge gonjehunthakaa gulheygothun mashvaraakohfi
image
މަޖިލީހުގެ ރައީސް ގާސިމް އެމްއެންއޭސީއައިގެ ހިންގާ ކޮމެޓީގެ މެމްބަރުންނާ ބައްދަލު ކުރަނީ.-- ފޮޓޯ: މަޖިލިސް
1 ކޮމެންޓް
 

ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ދިމާވެފައިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މަޝްވަރާކޮށްފި

ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މަސައްކަތްތަކާއި ބެހޭ ގޮތުން، އެ އިންޑަސްޓްރީ ތަމްސީލް ކުރާ މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (އެމްއެންއޭސީއައި)ގެ ހިންގާ ކޮމެޓީގެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާޙިމް އާ މިއަދު މަޝްވަރާ ކުރައްވައިފި އެވެ.
ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ އެންމެ ބޮޑެތި ވިޔަފާރިވެރިން ހިމެނޭ ޖަމިއްޔާ އިން މަޖިލީހުގެ ރައީސް ގާސިމާއި ބައްދަލު ކުރީ މަޖިލީހަށް ކުރި އިހުތިރާމުގެ ޒިޔާރަތެއްގެ ތެރެއިންނެވެ. އެގޮތުން އެ ބައްދަލުވުމުގައި ކޮންސްޓްރަކްޝަން އިންޑަސްޓްރީ އަށް ދިމާވާ ގޮންޖެހުންތަކާއި އެކަންކަން ހައްލުކުރާނެ ގޮތްތަކާއިބެހޭ ގޮތުން މަޝްވަރާ ކުރި އެވެ.

އެ ބައްދަލުވުމުގައި އެމްއެންއޭސީއައިގެ ރައީސް އަދި އަމީން ކޮންސްޓްރަކްޝަންގެ ވެރިޔާ އަބްދުﷲ މުހައްމަދު ވަނީ މަޖިލީހުގެ ރައީސް އަށް މަރުހަބާ ވިދާޅުވެ، 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ކާމިޔާބީ އަށް އެދިވަޑައިގެންފަ އެވެ.

އޭގެ އިތުރުން ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ކަންކަން ރަނގަޅު ކުރުމަށް އަޅަމުންދާ ފިޔަވަޅު ތަކާއިބެހޭ ގޮތުންނާއި އިންޑަސްޓްރީގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކާއިބެހޭ ގޮތުން އެމްއެންއޭސީއައިގެ ހިންގާ ކޮމެޓީގެ ބޭފުޅުން ގާސިމަށް ވަނީ މައުލޫމާތު ދެއްވާފަ އެވެ.

އެމްއެންއޭސީއައި އަކީ ކުރީގެ މަސީ އެވެ. އެ ޖަމިއްޔާގެ ނަން އެމްއެންއޭސީއައި އަށް ބަދަލުކުރީ މަސީ ގައުމީ ޖަމިއްޔާއަކަށް ބަދަލުވުމުން، އެ ޖަމިއްޔާ އިން އެންމެ ފަހުން ބޭއްވި އަހަރީ އާންމުޖަލްސާގަ އެވެ.
ހިޔާލު

މޫސާ މާހިރު

މި ވަގުންގެ ބައިގަނޑެއް ޔާމިން އާ ގުޅިގެން ގައުމު ދޮވެލި މީހުން އަނެއްކާ އަނެއް ސަރުކާރު ބޮލައް އެރެނި ދާއިރާ އައް ކޮށްދިން ކަމެއް ނޯންނާނެ މުޅިންް އަމިއްލަ ފައިދާ އައް އުޅޭނި