Ugail ge Dhoguhadhaa Meehun Dheneganna Technologyves Maruthah Balaa Commission ah Dhenee
image
3 ކޮމެންޓް
 

އުގައިލްގެ ދޮގުހަދާ މީހުން ދެނެގަންނަ ޓެކްނޮލޮޖީވެސް މަރުތައް ބަލާ ކޮމިޝަނަށް ދެނީ

ޕްރޮފެސާ ހަސަން އުގައިލްގެ ދޮގުހަދާ މީހުން ދެނެގަންނަ ޓެކްނޮލޮޖީވެސް މަރުތައް ބަލާ ކޮމިޝަނުގެ މަސައްކަތުގައި ބޭނުން ކުރަން ދޭން ނިންމަވާފައިވާ ކަމަށް އުގައިލް ވިދާޅުވެއްޖެއެވެ.
އުގައިލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޫނު ދެނެގަތުމުގެ ޓެކްނޮލޮޖީގެ އިތުރަށް މަރުތައް ބަލާ ކޮމިޝަނުގެ މަސައްކަތައް ފަސޭހަ ކުރުމަށް 'ލައި ޑިޓެކްޝަން ސާވިސް' ދޮގުހަދާ މީހުން ދެނެގަންނަ ޓެކްނޮލޮޖީ އެކޮމިޝަނުގެ މަސައްކަތުގައި ބޭނުން ކުރުމަށް ދޭން ނިންމަވާފައިވާ ކަމަށެވެ.


"މިފަހަރު އެއްވެސް ގަލެއް ނުފޮރޮޅާ ދޫކޮށްލެވިގެން ނުވާނެ. ރައްޔިތުން ބޭނުންވަނީ މަދުމިންވަރެއް ނޫން، ހަގީގަތް ހޯދަން" އުގައިލް ވިދާޅުވި އެވެ.

ޕްރޮފެސާ އުގައިލްގެ މޫނު ދެނެގަންނަ ޓެކްނޮލޮޖީ އާއި ދޮގުހަދާ މީހުން ދެނެގަންނަ ޓެކްނޮލޮޖީ މަރުތައް ތަހްގީގު ކުރާ ކޮމިޝަނުން ބޭނުން ކުރަން ދީފައިވާއިރު، ޑރ.އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ހިމެނޭ ދެމީހަކު ހޯދުމަށް އެ ކޮމިޝަނުން ވަނީ ވީޑިއޯއެއް އާންމުކޮށްފައެވެ.

މަރުތައް ބަލަން އެކުލަވާލި ކޮމިޝަނުން ޕްރޮފެސާ އުގައިލްގެ އެހީތެރިކަން ހޯދަން ފަށާފައިވާކަން އާންމުންނަށް ހާމަކޮށްފައި ވަނީ މިމަހުގެ ތެރޭގައެވެ.
ހިޔާލު

އަހުމަދު

ފުރަތަމަ ބަލާބަލަ ކޮމިޝަންގެ ރައީސް އަޙުމަދު ޝަރީފު ތިމަރަފުށީ

މަގޭ

އުގައިލް ވަރެއްނެތް.

މޫނިސް

ތީގެން ރަނގަޅު ކޮމިޝަނުގެ މީހުންގެ ތެދުވެރިކަން ޓެސްޓުކޮށްލަން ފުރަތަމަ. މެޝިން ރަނގަޅުތޯ ބަލާލަން.